މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު
މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު
މޯލްޑިވްސް ސްޓޭޓް ޝިޕިން ކުންފުނީގެ ފުރަތަމަ ބޯޓު ރާއްޖެ ގެނަސް ކުންފުނީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ރާއްޖޭގެ ޤައުމީ ޝިޕިން ލައިނަށް ގެނައި ފުރަތަމަ ބޯޓަކީ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭ ވަރުގެ ބޯޓެކެވެ. އެ ބޯޓްގެ ނަމަކީ، އެމްވީ އައިބީރިއަން އެކްސްޕްރެސް އެވެ. ލަންކާގެ ބަނދަރަކުން އައި އެ ބޯޓްގައި ގެނެސްފައި ވަނީ، ކާޑުގެ ބާވަތްތަކާއި ބޭހެވެ. އެ ބޯޓަށް މަރުހަބާ ކިޔަން ވަނީ ފެނުގެ ސެލިއުޓެއް އަރުވައިފަ އެވެ.

އެމްއެސްއެސް އަކީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނެޏެކެވެ. އެކުންފުނީގައި ހިމެނެނީ އެސްޓީއޯގެ 99.99 ޕަސެންޓް ހިއްސާ އާއި އެސްޓީއޯގެ ސަބްސިޑަރީ، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ 0.01 ޕަސެންޓް ހިއްސާ އެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ސަބަބުން އެ ކުންފުނިން ނުއަގުގައި ބޭރުގެ ކޮންޓެއިނާ ވެސަލް ތަކުގައި މުދާ ގެންނަ ގެނައުމަށް ލުޔެއް ލިބި ކުންފުންޏަށް ލިބޭ ގެއްލުން ކުޑަވާނެކަމަށް އެސްޓީއޯއިން ލަފާކުރެ އެވެ. އަދި މިކަމުގެ ސަބަބުން ކުންފުނީގެ އާމްދަނީ އިތުރުވާނެކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޝިޕިންލައިނެއް އުފެއްދީ ރައީސް އިބްރާހިމް ނާސިރުގެ ސަރުކާރުގަ އެވެ. މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް، އެމްއެންއެސްއެލްގެ ނަމުގައި ގިނަ އަހަރުތަކެއް ވަންދެން ކުންފުނި ހިންގުމަށްފަހު ކުންފުނި ހުއްޓާލީ ދަރަނި ބޮޑުވުމާއި ގުޅިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން