ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގީ އަދި އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށްޓަކައި އިންޑިއާގެ ތަމްރީނުދޭ މަރުކަޒުތަކާ އެކު ކުރިން ވެފައިވާ އެއްބަސްވުންތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
އިންޑިޔާގެ ފުލުހުންނާ އެކު މި މަޝްވަރާތައްކޮށްފައި ވަނީ ދިވެހި ފުލުހުންގެ ޓީމެއް މި މަހުގެ 12-17 އަށް އިންޑިއާ އަށް ކުރި ދަތުރުގެ ތެރެއިންނެވެ. އެ ޓީމުގައި އިސްކޮށް ހުންނެވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު ޝިފާނެވެ.
ޝިފާނާ އެކު އެ ދަތުރުގައި ބައިވެރިވެވަޑައިގަތް ފުލުހުންގެ ތެރޭގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސުލްޠާން އަޙްމަދު ބިޝާރާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ފާއިޒް އަދި އިންސްޕެކްޓަ އޮފް ޕޮލިސް މުޙައްމަދު އިޝާމް ހިމެނިވަޑައިގަންނަވަ އެވެ.
މީގެ ކުރިން އިންޑިއާގައި ފުލުހުންގެ ތަމްރީނުދޭ އިސް މުއައްސަސާތަކާއެކު ކުރިން ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ހާއްސަ ތަހުގީގުތަކާއި، ސައިބަ ފޮރެންސިކްސް، އަދި އިންޓެލިޖެންސްގެ ދާއިރާތަކުން މަތީފެންވަރުގެ ތަމްރީނުތައް ލިބުމުގެ އިތުރުން، ރާއްޖޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ފޮރެންސިކް ލެބޯޓަރީއެއް ގާއިމު ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ މި ވަފުދުން ބައްދަލުކުރެއްވި މުއައްސަސާތަކުގެ ތެރޭގައި ހައިދަރާބާދުގެ ނޭޝަނަލް ޕޮލިސް އެކަޑަމީ (އެންޕީއޭ)، ގުޖުރާތުގެ ނޭޝަނަލް ފޮރެންސިކް ސައިންސް ޔުނިވަރސިޓީ (އެންއެފްއެސްޔޫ) އަދި ރަޝްޓްރިޔާ ރަކްޝާ ޔުނިވަރސިޓީ (އާރްއާރްޔޫ) ހިމެނެ އެވެ.
އިންޑިޔާގެ ފުލުހުންގެ މުއައްސަސާތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ގެ މަންހަޖު އެކްރެޑިޓްކުރުމާއި، މުދައްރިސުން ބަދަލުކުރުމާއި އަދި ޓެކްނިކަލް އެހީތެރިކަން ލިބިގެންދާނެ އެވެ.
އެންއެފްއެސްޔޫ އިން ރާއްޖޭގައި ކެމްޕަހެއް ގާއިމުކުރުމަށްވެސް މި އެއްބަސްވުންތަކުގެ ދަށުން ހުށަހަޅުއްވާފައިވެ އެވެ. އޭގެ އިތުރުން، ޒަމާނީ ޑިޖިޓަލް ފޮރެންސިކް ލެބޯޓަރީއެއް ތަރައްއްގީކުރުމަށް އެހީތެރިވުމަށް ވެސް އެއްބަސްވެފައިވެ އެވެ. އާރްއާރްޔޫ އިން ވަނީ އެމްޕީއެސްގެ 5 އޮފިސަރުންނަށް ސްކޮލަޝިޕް ފުރުސަތު ދިނުމަށާއި، ދެ ކެމްޕަހުގައި ކިޔަވައިދޭ ކޯސްތަކާއި، މާލީ ކުށްތަކާއި ކަނޑުގެ ސަލާމަތާ ގުޅޭ މަތީފެންވަރުގެ ތަމްރީނުތައް ހިންގުމަށް ވެސް އެއްބަސްވެފަ އެވެ.
ފުލުހުން ބުނީ މި އެއްބަސްވުންތަކަކީ ފުލުހުންގެ ޚިދުމަތުން ފުލުހުންގެ މަސައްކަތުގެ މިންގަނޑުތައް ޒަމާނީކުރުމަށާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު