ރައީސް ޑރ. މުޢިއްޒު މަޑުއްވަރީގައި
ރައީސް ޑރ. މުޢިއްޒު މަޑުއްވަރީގައި
ރ. މަޑުއްވަރީގެ އިޚްތިސާސްގައި އުފުލަންދޫ، އަދި އެ އަތޮޅު މީދޫގެ އިޚްތިސާސްގައި ތާވަތާ ހިމެނުއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރ. އަތޮޅަށް އެމަނިކުފާނު މިހާރު ކުރަށްވަމުން ގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި މަޑުއްވަރިއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރަށްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ މަޑުއްވަރީގެ އިޚްތިސާސްގައި އުފުލަންދޫ ހިމެނުއްވުމަށް ނިންމެވީ މަޑުއްވަރީގެ ބިން ފުރިފައިވުމާއި، ފަޅުގައިވެސް ޖާގަ ނެތުމުން ކަމަށެވެ. އަދި އެރަށުގައި ހިއްކެން އޮތީވެސް ނިސްބަތުން ކުޑަ ސަރަޙައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ.

“ރަށަށް އެންމެ ހައެއްކަ ހެކްޓަރު އިތުރުކޮށްގެން ބިމުގެ މައްސަލައަށް ހައްލެއް ނާންނާނެ. އެހެންވީމާ، ރަށުގައި އިގްތިސާދީ މަސައްކަތްތައް ކުރާ ތަންތަން ރަށުން ބޭރަށް ބަދަލުކުރުމަކީ، އާންމު ސިއްހަތަށްވެސް އޮތް އެންމެ ރަނގަޅު ހައްލު.” ރައީސް މިއަދު ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު ރައީސް ވިދާޅުވީ މަޑުއްވައި އާއި މީދޫގެ އިޚްތިސާސަށް ގެނައި ބަދަލާ ގުޅޭ ގާނޫނީ ލިޔެކިޔުންތައް ފުރިހަމަވުމުން، މީދޫ އާއި މަޑުއްވަރީގައި މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނަން ނުޖެހޭ ހުރިހާ ތަނެއް އުފުލަންދޫ އާއި ތާވަތާއަށް ބަދަލުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން ރައީސް މިއަދު ވަނީ މަޑުއްވަރީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން