ރައީސް މުއިއްޒު ސީއެޗްއެސްސީގެ ދަރިވަރުންތަކަކާއެކު--
ރައީސް މުއިއްޒު ސީއެޗްއެސްސީގެ ދަރިވަރުންތަކަކާއެކު--
ރާއްޖެ ފަދަ ގައުމަކަށް ޓެކްނޮލޮޖީއަކީ ފެންވަރު ރަނގަޅު ތައުލީމާ ގުޅުވައިދޭ ބުރިޖެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ތައުލީމާ ބެހޭ ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ވަނީ މިހާރު އެންމެ ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސްއާއި ވާޗުއަލް ރިއަލިޓީ އަދި އީ- ލާނިން ޕްލެޓްފޯމުތަކުގެ މައްޗަށް އަލި އަޅުވާލައްވައިފަ އެވެ.

އަދި އެ ވަސީލަތްތަކާއެކު އެންމެންނަށް ވެސް ތައުލީމުގެ ފުރުސަތުތައް ހުޅުވި ތައުލީމު އުނގެނުމުގެ ފުރުސަތު ލިބިގެންދާނެކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގައި ޓެކްނޮލޮޖީއަށް ވަރަށް ބޮޑަށް ދަނީ އަހައްމިއްޔަތުކަން ދެއްވަމުން ނެވެ.

އެގޮތުން ދާދި ފަހުން ވަނީ ޑިޖިޓަލައިޒޭޝަންގައި ދުނިޔޭގައި އެންމެ ކުރިއަރާފައިވާ އެސްޓޯނިއާއަށް ރަސްމީ ދަތުރުފުޅެއް ވެސް ކުރައްވައިފަ އެވެ.

އަދި އެސްޓޯނިއާގެ ދަތުރުގެ ތެރެއިން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާ ހިމެނޭހެން ސަރުކާރުގެ ހުރިހާ އިދާރާތަކެއް މި ފަސް އަހަރުގެ ތެރޭގައި ޑިޖިޓަލައިޒް ކުރައްވާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން