ނިރުބަވެރި އިސްރާއީލުން އަތްގަދަކޮށްފައިވާ ހިސާބުތަކުން އެމީހުން ފައިބައި ފަލަސްތީނުގެ ރައްޔިތުންނަށް ޣައްޒާގެ އުތުރަށް ވަދެވޭނެ ގޮތް ހަދައިފިއެވެ.

އެތައް މަހެއް ވަންދެން ޣައްޒާގެ އުތުރަކީ އަސްކަރީ ޒޯނެއް ކަމަށް ކަނޑައަޅާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާއިރު މި ސަރަހައްދުގައި ދިރިއުޅެމުން އައި އެތައް ހާސް ބަޔަކު މިހާރު ވަނީ އެނބުރި އެމީހުންގެ ގެތަކަށް ބަދަލުވާން ފަށައިފައެވެ.

އިސްރާއީލުން ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އުތުރު ޣައްޒާއަށް އެނބުރި ދިއުމުގެ ހުއްދަ ހޯމަ ދުވަހު ދިނީ އިސްރާއީލުގެ އަރްބެލް ޔަހޫދު ހުކުރު ދުވަހުގެ ނިޔަލަށް ދޫކޮށްލުމަށް ހަމާސްއިން އެއްބަސްވެފައިވާތީ ކަމަށެވެ.

އިސްރާއީލާއި ފަލަސްތީނާ ވެވުނު ސުލްހައިގެ އެއްބަސްވުމަށް ދެ ހަފްތާ ވެފައިވާއިރު މި އެއްބަސްވުމަށް އަމަލުކުރުމަށް އިސްރާއީލަށް މިހާރު ވަނީ މަޖުބޫރުވެފައެވެ. އެއާއެކު ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ގިނަ ބަޔަކު މިހާރުވެސް ވަނީ މިނިވަންކޮށް އެމީހުންގެ އާއިލާތަކާ ގުޅުވައިދީފައެވެ.

ފަލަސްތީނުންވެސް ވަނީ އިސްރާއީލުގެ އަސީރުން މިނިވަންކޮށް އިސްރާއީލާ ހަވާލުކޮށްފައެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންއަންނަ ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މިހާތަނަށް 47،306 ފަލަސްތީނު މީހުން މަރުވެ 111،483 މީހުން ވަނީ ޒަހަމްވެފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން