ކުރިއަށް އޮތް ރަމަޟާން މަހު މޮރޮކޯގައި ދީނީ ތަގުރީރެއް ދިނުމަށް އެ ގައުމުގެ ސަރުކާރުން ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދަށް ދައުވަތު އަރުވައިފިއެވެ.
މި ދައުވަތު ރަސްމީކޮށް އަރުވާފައިވަނީ މޮރޮކޯގެ ނަން ރެސިޑެންޓް އެމްބެސެޑަރ މުޙައްމަދު މަލިކީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއެކު މިއަދު ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ދިވެހިރާއްޖެއާއި މޮރޮކޯއާއި ގުޅިގެން ދީނީ ރޮނގުން ކުރިއަށް ގެންދެވިދާނެކަންކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. ދީނީ ދަރުސްގެ ދައުވަތު ދެއްވީތީ އާއި މިނިސްޓަރާ ބައްދަލު ކުރެއްވީތީ މޮރޮކޯގެ އެމްބެސެޑަރަށް ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މޮރޮކޯގައި ރަމަޟާން މަހާ ގުޅުވައިގެން ކުރިއަށް ގެންދާ "ހަސަނީ ފިލާވަޅު" އަކީ މޮރޮކޯގެ ރަސްގެފާނު މުހައްމަދު ހަވަނަގެ ބެއްލެވުމުގެ ދަށުން ބާއްވާ އިސްލާމީ ބޮޑު ހަރަކާތެކެވެ. އެ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ދީނީ އިލްމުވެރިން އެކި މައުޟޫތަކަށް ދަރުސްދެމުންދާ ސެޝަންތަކެކެވެ.
މި ބައްދަލުވުމުގައި ވަނީ ރާއްޖޭގެ އިމާމުން ތަމްރީން ކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކުގެ މައުލޫމާތު މޮރޮކޯގެ އެމްބެސެޑަރަށް އަރުވާފައެވެ. އަދި އެ މަސައްކަތުގައި މޮރޮކޯގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު