އަހުޒަމް އަޙްމަދު   28 ޖެނުއަރީ 2025 - 8:36
ރައީސް މުއިއްޒު
ރައީސް މުއިއްޒު
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިިފި އެވެ.

މިއަދު ހެނދުނު ހއ. އަށް ރައީސް ފުރާވަޑައިގެންނެވި އިރު ހއ.ގެ 10 ރަށަކަށް ރައީސް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އޭގެ ތެރޭގައި ހއ. ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަމު އަދި އުތީމު ހިމެނެ އެވެ.

އެ ދަތުުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާއިރު މިދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހއ. ގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

އޭގެ އިތުރުން، ހއ. ގެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެކަމަށް ވެސް ރައީއް އޮފީހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު