އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިސްރާއީލުގެ ނިރުބަވެރި ލީޑަރު، ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫއާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ބައްދަލުކުރެއްވުމަކީ ދެވަނަ ބުރަކަށް އިންތިހާބުވެވަޑައިގެން ރައީސް ޓްރަމްޕު ބޭރުގެ ވެރިޔަކާ ކުރައްވާ ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުމެވެ.
ވައިޓް ހައުސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުން ތާވަލު ކޮށްފައި ވަނީ އަންނަ ހަފްތާއަށެވެ. ވައިޓް ހައުސްގެ އޮފިޝަލަކާ ހަވާލަދީ އެންބީސީ ނިއުސްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި ޓްރަމްޕް ވަނީ ނަތަންޔާހޫއަށް ދައުވަތު ދެއްވާފައެވެ. އަދި ނަތަންޔާހޫގެ އޮފީހުން ބުނީ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހު ބައްދަލުކުރަން އެއްބަސްވެފައިވާ ކަމަށެވެ.
"އަޅުގަނޑު އިންތިޒާރު ކުރަނީ އިސްރާއީލާއި އަވަށްޓެރި ގައުމުތަކަށް ސުލްހަ ގެނެސްދެވޭނެ ގޮތަކާއި، އަޅުގަނޑުމެންގެ ހިއްސާވާ ދުޝްމަނުންނާ ދެކޮޅަށް މަސައްކަތް ކުރާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް،" އަންގާރަ ދުވަހު ނަތަންޔާހޫއަށް ފޮނުއްވި ސިޓީއެއްގައި ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
15 މަސް ދުވަހުގެ ހަނގުރާމައަށް ފަހު އިސްރާއީލާއި ހަމާސް އިން މި މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ވަނީ އައިސްފައެވެ. ހަނގުރާމަ ހުއްޓާލިއިރު ޣައްޒާގައި އެތައް ހާސް ބަޔަކު މަރުވެ، ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
އިސްރާއީލުން މި ހަނގުރާމަ ހުއްޓާލީ ހަމާސްއިން ރަހީނުކޮށްފައިވާ މީހުންގެ މުސްތަގުބަލާ މެދު ޔަގީންކަމެއް ނެތުމުން ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު