ކައުންސިލްތަކުން ތަހުގީގު އިދާރާތަކަށް އެއްބާރުލުން ދިނުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭ އިން ކައުންސިލްތަކަށް އަންގައިފިއެވެ.
އެލްޖީއޭ އިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި ޢަމަލުކުރަމުންދާ އެންމެހާ ޤާނޫނުތަކަށް ކައުންސިލަރުން ތަބާވުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުން ލާޒިމް ކޮށްފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ބައެއް ކައުންސިލްތަކުން ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އެލްޖީއޭއަށް ލިބިފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެހެންކަމުން ތަހުގީގީ އިދާރާތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށާއި އެ އިދާރާތަކުގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސް ނޭޅުމަށާއި އިދާރާތަކުން ކައުންސިލްތަކަށް އަންގާ އެންގުންތަކަށް ބޯލެނބުމަށް ވެސް އެލްޖީއޭއިން ވަނީ ކައުންސިލްތަކަށް އަންގައިފައެވެ.
އެލްޖީއޭއިން މިފަދަ އެންގުމެއް ކައުންސިލްތަކަށް އަންގާފައިވާއިރު ގދ. ތިނަދޫ ސިޓީ ކައުންސިލާ ގުޅޭގޮތުން އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް އެ ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ.
އެމައްސަލާގައި ތިނަދޫ ސިޓީ ކައުންސިލުން ބުނެފައިވަނީ އޭސީސީގެ ނަމުގައި ބަޔަކު ތިނަދޫ ސިޓީ ކައުންސިލަށް ވަދެ، ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ.
ނަމަވެސް ފުލުހުން ވަނީ އެފަދަ ކަމެއް ފާހަގަކުރެވިފައިނުވާ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު