ހޯރަފުށީ އެއާޕޯޓް އިންޓަނޭޝަނަލްކޮށްދޭން އެ ރަށުގެ ކައުންސިލުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދެފި އެވެ.
ރައީސް މުއިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވަ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. އަދި އެމަނިކުފާނު ރޭ ވަނީ ހޯރަފުށީ ކައުންސިލްގެ މެންބަރުންނާއި ބައްދަލު ކުރައްވައިފަ އެވެ.
ހޯރަފުށީގެ ތަރައްގީގެ ކަންކަމަމާ ގުޅޭ ގޮތުން މަޝްވަރާތައް ރޭ ކުރިއަށް ދިޔައިރު ކައުންސިލުން އެދުނު އެންމެ މުހިންމު އެދުމަކީ ހޯރަފުށީ އެއާޕޯޓް އިންޓަނޭޝަނަލް ކޮށްދިނުމަށެވެ.
ހޯރަފުށި އެއާޕޯޓް ހުޅުވީ 2020 ވަނަ އަހަރު އެވެ. އަދި ހަފްތާއަކު އެވްރެޖުކޮށް މޯލްޑިވިއަން މާލެއައި ހޯރަފުއްޓާ ދެމެދު ހަތަރު ފްލައިޓް ބާއްވަ އެވެ.
ހޯރަފުށީ ކައުންސިލުން ވަނީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮަށް ކުނީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް އެދިފަ އެވެ.
އޭގެ އިތުރުން އެ ރަށުގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށް އިސްލާމިކް ސެންޓަރެއް ގާއިމުކޮށްދިނުމަށް ކައުންސިލްގެ ފަރާތުން އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު