ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ކުށުގެ ވެއްޓަށް ހުށަހެޅޭ ކުޑަކުދިން އަނބުރާ މުޖުތަމައަށް ނެރުމުގެ ކުރިން ފަރުވާ ދިނުމަށް ބައިތިއްބުމުގެ ގޮތުން އަތޮޅުތެރޭގައި ހެދި ފުރަތަމަ ޖުވަނައިލް ޖަސްޓިސް ޔުނިޓް، ހާފްވޭ ހައުސް ހުޅުވައިފި އެވެ.
ހޯރަފުށީގައި ގާއިމުކުރި އެ ޔުނިޓް މިއަދު ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މިއީ އެމްޓީސީސީއާ 2022 ވަނަ އަހަރު ހަވާލުކޮށްގެން ހެދި ހާފްވޭ ހައުސް އެކެވެ.
އެ ހާފްވޭ ހައުސް ބަލަހައްޓާނީ ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އިންނެވެ.
ހާފްވޭ ހައުސްގައި އެކި ކުށްތަކުގައި ގެންނަ ކުދިންނަށް ފަރުވާއާއި އެހީތެރިކަން ފޯރުކޮށްދީ، އެ ކުދިން އަނބުރާ މުޖުތަމަޢުއަށް ނެރުމުގައި ބޭނުންވާ އެހީތެރިކަމާ ރިހެބިލިޓޭޝަން ފަރުވާ ފޯރުކޮށްދޭނެއެވެ.
ކުޑަކުދިންގެ އަދުލުގެ ޤާނޫނަކީ 14 ނޮވެންބަރު 2019 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށް 20 ނޮވެންބަރު 2019 ވަނަ ދުވަހު ތަސްދީގު ކުރައްވާފައިވާ ގާނޫނެކެވެ.
ކުށަށް ހުށަހެޅޭ ކުދިން އަނބުރާ މުޖުތަމަޢަަށް ހެޔޮ ގޮތުގައި ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅި ކުށްތަކަށް އަރައިގަތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމުގެ މަސައްކަތްވެސް މިހާރު ވަނީ ފަށައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު