ހއ. މޮޅަދޫގެ އާބާދީ މަދު ނަމަވެސް އެންމެ ބޮޑެތި އާބާދީތަކާ އެއްވަރަށް އެރަށް ތަރައްްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހާރު ހއ. އަތޮޅަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މޮޅަދުއަށް ވަޑައިގެން އެމަނިކުފާނު ވިދާޅުވީ 412 މީހުންގެ އާބާދީއެއް ދިރިއުޅެމުންދާ މޮޅަދޫ ރައްޔިތުންނަށްވެސް ހައްގުތަކާއި ޚިދުމަތްތައް ކަށަވަރުވާން ޖެހޭނެ ކަމަށެވެ. އެހެންކަމުން އެރަށްވެސް އާބާދީ ބޮޑެތި ރަށްތަކާ އެއްވަރަށް ތަރައްޤީ ކޮށްދިނުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މޮޅަދޫގެ ރައްޔިތުން އުންމީދުކުރާގޮތަށް ވަރަށް އިސްކަންދީގެން ބާރު ސްޕީޑުގައި ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫޢު އަވަހަށް ނިންމަވައި ދެއްވާނެ ކަމަށާއި ލޯކަލް ޓޫރިޒަމް އިތުރަށް ފުޅާކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ހިންގައި ނިންމާދޭނެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.” ރައީސް މިއަދު ވިދާޅުވިއެވެ.
ހަމައެއާއެކު މޮޅަދޫ ސްކޫލް ޢިމާރާތުގެ މަސައްކަތާއި ސިއްހީ މަރުކަޒަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާއި ކުނި މެނޭޖް ކުރުމާއި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުންވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ މޮޅަދޫގެ ތަރައްޤީގެ ގިނަ މަޝްރޫއު މިއަހަރު ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަށް އަރުވާފައެވެ.

ކިޔުންތެރިންގެ ހިޔާލު