ކުޑަކުދިން ޕަޒުލް ކުޅެނީ- ގޫގުލް އިމޭޖެސް
ކުޑަކުދިން ޕަޒުލް ކުޅެނީ- ގޫގުލް އިމޭޖެސް
ކުޑަކުދިންގެ ސިކުނޑީގެ މަސައްކަތްތައް ރަނގަޅު ކުރުމުގައި އެހީވެދޭ ހަރަކާތްތައް ކުޑައިރުއްްސުރެ ކުރުވާނަަމަ އެކަމުގެ ސަބަބުން އެކުދިންގެ ކޮގްނިޓިވް މަސައްކަތްތައް ރަނގަޅުވެ، ސަމާލުކަން އިތުރުވެ، މައްސަލަތައް ހަލު ކުރަން އެކުދިންނަށް ފަސޭހަވެއެވެ.

އެގޮތުން ބަލާއިރު ބައެއް ކަހަކަ ކުޅިވަރުތައް ކުޅުމުންވެސް އެކުދިންގެ ސިކުޑީގެ މަސައްކަތް ރަނގަޅުވެ އައިކިއު މަތިވެއެވެ. މިފަހަރު މި ހިމަނާލަނީ ކުޑަކުދިންގެ އައިކިއު ރަނގަޅު ކުރުމަށް ގޭގައި ތިބެގެން ކުޅެވިދާނެ ކުޅިވަރުތަކެވެ.

ޗެސް

ޗެސް ނުވަތަ ރާޒުވާ އަކީ ދެމީހުންނަށް ކުޅެވޭ ބޯޑް ގޭމެކެވެ. ޗެސް ކުޅޭނަމަ އެކުދިންގެ ވިސްނުން ތޫނުވެ، މައްސަލަތައް ހައްލު ކުރަން ފަސޭހަވެ، ކަންކަމާމެދު ތަފާތު އެކި ނަޒަރިއްޔާތަކުން ވިސްނަން ދަސްވެއެވެ. އަދި މި ގޭމު ކުޅޭނަމަ ހަނދާންވެސް ގަދަވެއެވެ.

ޕަޒުލް

ޕަޒުލް ރޭނުމަކީވެސް ސިކުނޑީގެ މަސައްކަތްތައް ރަނގަޅު ކުރުމުގައި އެހީވެދޭ ކުޅިވަރެކެވެ. ޕަޒުލް ގޭމުތައް ކުޅޭނަމަ އޭގެ ސަބަބުން ކުދިންގެ ކޮގްނިޓިވް މަސައްކަތްތައް ރަނގަޅުވެ، އެކުދިންނަށް ކެތްތެރިވާންވެސް ދަސްވެއެވެ.

ސްކްރެބަލް

ސްކްރެބަލް އަކީވެސް ގޭގައި ކުޅެވޭނެ ބޯޑް ގޭމެކެވެ. މި ގޭމަކީ ތަފާތު އެކި އަކުރުތައް ބޭނުންކޮށްގެން ބަސްތައް އުފައްދާ ގޭމަކަށްވީއިރު، މި ގޭމު ކުޅޭނަމަ ކުއްޖާގެ ބަސްމޮށުންތެރިކަން ރަނގަޅުވެ، އިނގިރޭސި ބަސްތައް ފަސޭހަކަމާއެކު ދަސްވެއެވެ. އަދި ކުއްޖާގެ ކޮގްނިޓިވް މަސައްކަތްތައްވެސް ރަނގަޅު ވެއެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން