ނިރުބަވެރި އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 183 މީހުން މިނިވަންކުރަން ނިންމާފައިވާ ކަމަށް ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާއިން ބުނެފިއެވެ.
އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައި ކުރި ހަނގުރާމައިގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައެވެ. ފަލަސްތީނުގެ ގައިދީންގެ ޖަމިއްޔާއިން ބުނީ މިއަދުގެ ވަގުތެއްގައި ފަލަސްތީނުގެ އަސީރުން މިނިވަންކުރާނެ ކަމަށާއި މިއީ މިގޮތަށް މިނިވަންކުރާ ހަތަރުވަނަ ބެޗުގެ މީހުން ކަމަށެވެ.
ހަނގުރާމަ ހުއްޓާލުމަށް އިސްރާއީލާއި ފަލަސްތީނުން އެއްބަސްވެފައިވާއިރު މިހާތަނަށް ދެ ގައުމުންވެސް ވަނީ އަސީރުން ބަދަލުކޮށްފައެވެ. ހަމާސް އިން ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުން ދޫކޮށްލަން ހަމަޖެހިފައިވާ އިސްރާއީލުގެ ތިން މީހުންގެ ވަނަވަރުވެސް ހާމަކޮށްފައެވެ. އެ ޖަމާއަތުން ބުނީ މިއަދު ދޫކޮށްލަން ހަމަޖެހިފައި ވަނީ އޮފަރު ކަލްޑެރޯން، ކޭތު ސީގަލް އަދި ޔާޑަން ބިބާސް ކަމަށެވެ.
މި ދަނޑިވަޅުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ފަލަސްތީނުން ބޭރުން ބޭސްފަރުވާ ހޯދުމަށް ބޭނުންވާ ފަލަސްތީނުގެ 50 މީހަކަށް މިސްރަށް އަދި މިހާރު ހުޅުވިފައިވާ ރަފާހު ބޯޑަރު މެދުވެރިކޮށް ފުރުމުގެ ހުއްދަ ދޭނެ ކަމަށް ބުނެފައެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި އޮކްޓޯބަރު 7، 2023 އިން ފެށިގެން މަދުވެގެން 47،460 ފަލަސްތީނު މީހުން މަރުވެ 111،580 މީހުން ވަނީ ޒަޚަމްވެފައެވެ. އެ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި މަދުވެގެން 1،139 މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު