18 އަހަރަށްފަހު ފަލަސްތީނުގެ ރަފަޙް ބޯޑަރު ބަލަހައްޓަން ވިލާތުގެ އިއްތިޙާދު(އީޔޫ) އިން އަލުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

މިޞްރާއި ޣައްޒާ ގުޅުވައިދޭ ސަރަޙައްދީ ބޯޑަރު، ރަފަޙް ބެލެހެއްޓުމަށް ވިލާތުގެ އިއްތިހާދުން ހާއްސަ މިޝަނެއް އެންމެ ފުރަތަމަ ފޮނުވާފައިވަނީ 2005 ވަނަ އަހަރުއެވެ. ނަމަވެސް 2007 ވަނަ އަހަރުގެ ޖޫން މަހު ޣައްޒާގެ ހިންގުމާ ހަމާސް ޖަމާއަތުން ހަވާލުވުމާ ގުޅިގެން އެ މަސައްކަތް ވަނީ މެދުކަނޑާލާފައެވެ.

މި މަސައްކަތް ފެށުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޔާ ކަލަސް ވިދާޅުވީ މިކަން ކުރަނީ ވިލާތުގެ އިއްތިހާދަށް ނިސްބަތްވާ ޤައުމުތަކުން އެކަމަށް ބޭނުންވެގެން އެއީ އެންމެ ބޭނުންތެރިގޮތް ކަމަށް ފެންނާތީ ކަމަށެވެ.

މިކަމަކީ ޔަހޫދީ ދައުލަތާއި ހަމާސްއާ ދެމެދު ޤާއިމުކޮށްފައިވާ އުދުވާން ހުއްޓައިލުމުގެ އެއްބަސްވުމަށް ހިތްވަރުދިނުމަށް އީޔޫ ބޯޑަރ އެސިސްޓަންސް މިޝަން (އީޔޫބީއޭއެމް)އިން ކުރި މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

ކާޔާ ކަލަސް މި މިޝަން އަލުން ފޮނުވުމަށް ނިންމާފައިވަނީ ފަލަސްޠީނާއި ޔަހޫދީ ދައުލަތުގެ އެދުމުގެ މަތިން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން