ސަރުކާރުން ރޭ ދެއްކީ ޑިމޮކްރެސީގެ ރީތި މިސާލެއް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު އަދި ކުރީގެ ބަންޑާރަނާއިބު ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ ބޮޑު ހިނގާލުމަށް ސަރުކާރުން ދީފައިވާ އެއްބާރުލުން ފާހަގަ ކުރަށްވައި މީސްމީޑީއާގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
އެގޮތުން އާޒިމާ ވިދާޅުވީ ރޭގައި ފެނިގެންދިޔައީ ވަރަށް ހިތްހަމަޖެހުނު މަންޒަރެއް ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރާއި ފުލުހުން، ހިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަން ކަމަށް ދެއްވި އެއްބާރުލުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
އާޒިމާ މިހެން ވިދާޅުވެފައިވާއިރު އެމްޑީޕީން ހިނގާލުން ކުރިއަށް ގެންދިޔަ ވަގުތު މަގުތަކުގެ ޓްރެފިކް ބެލެހެއްޓުމަށް ގިނަ އަދަދެއްގެ ފުލުހުން ޙަރަކާތްތެރި ވެފައިވެފައެވެ. ނަމަވެސް އެމްޑީޕީގެ ހިނގާލުމަށް ފުލުހުން ހުރަސް އަޅާފައެއް ނުވެއެވެ.
ރޭ އެމްޑީޕީން ބޭއްވި ހިނގާލުމުގައި އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ގިނަ އަދަދެއްގެ ޢާއްމު މެންބަރުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު