ފިހާރައެއްގެ ސީލިން ފަޅާލައިގެން ނެގި ބައެއް ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ހދ. ކުޅުދިއްފުށި، ސީސަންވިލާ، އާދަމް މުހައްމަދު (33އ.) އެވެ.
އާދަމް އަތުލައިގަތްއިރު ފޯނާއި، މީހެއްގެ ވޮލެޓާއި އެހެން މީހެއްގެ ބީއެމްއެލް ކާޑާއި އަދި އެހެނިހެން ތަަކެތި އޭނާ ގެންގުޅުނު ދެ ކޮތަޅުންނާއި ލައިގެން ހުރި ޖިންސުގެ ޖީބުން ފެނުނުކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އަދި އޭގެ ތެރެއިން ބައެއް ތަކެއްޗަކީ މާލޭގައި ހުންނަ އޭއެސް ޓްރޭޑާސް ފިހާރައިގެ ސީލިންގް ފަޅާލައި އެތަނުން ނެގި ބައެއް ތަކެތިކަން ކަށަވަރުކުރެވިފައިވާ ކަމަށް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެ މައްސަލައިގައި އާދަމް 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުވެސް ކޮށްފަ އެވެ.
އާދަމް އެކި ފަހަރު މަތިން 48 ފަހަރު ހައްޔަރުކޮށްފައިވާ އިރު މިދިޔަ އަހަރުވެސް ވައްކަމުގެ ދެ މައްސަލައެއްގައި ހައްޔަރުކުރި އެވެ. އެއީ އެމްޑަބްލިއުއެސްސީ އިން ވަޔަރު ނަރުުތަކެއް ވަގަށް ނަގައިގެންނާއި އަގު ބޮޑު ދެ ފޯނެއް ވަގަށް ނަގައިގެން ނެވެ.

ކިޔުންތެރިންގެ ހިޔާލު