ޒަމާނީ ޑިމޮކްރަސީގެ ހަގީގީ ފޮނިމީރުކަން ހޯއްދަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމުން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ޝުޖާއު ވިދާޅުވީ މީގެ ކުރިން އެމްޑީޕީގެ ވެރިކަމުގައި ރަށްރަށަށް ރައީސުން ވަޑައިގަތުމުން ރައްޔިތުން ނުކުމު އިދިކޮޅު ޝުއޫރުތައް ފާޅުކުރުމުން އެކަމަށް ހުރަސް އެޅި ކަމަށެވެ.
އެގޮތުން މެގަފޯނުތަކާއި އަދި ދިދަތައް އޭރު އަތުލައި ޝިއާރުތައް ވެސް ނަަގަމުން ދިޔަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އަދި އެއާއެކު ރައްޔިތުންނަށް ޝުއޫރުތައް އިއްވޭނެ އެއްވެސް ގޮތެއް އޭރުނުވިކަން ޝުޖާއު ފާހަގަ ކުރެއްވި އެވެ.
އެހެން ނަމަވެސް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީ ލިބިދޭކަމަށް ޝުޖާއު ވިދާޅުވި އެވެ.
"އެހެން ވެގެން އަޅުގަނޑު ދެއްނެވީ ޒަމާނީ ޑިމޮކްރަސީގެ ހަގީގީ ފޮނި މީރުކަން ދިވެހި ކޮންމެ ރައްޔިތަކަށް، އެއީ ކޮންމެ ފިކުރެއްގެ މީހަކަށްވިޔަސް މިނިވަންކަމާއެކު ގާނޫނު އަސާސީން ލިއްބައިދޭ ތަންމިނަށް ހުޅުވާލައިގެން، އެ މިނިވަންކަން ދެއްވި ރައީސަކީ, ރައީސް ޑރ. މުއިއްޒު." ޝުޖާއު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު