ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަތުރުފުޅުން ލިބުނީ މާޔޫސްކަން ކަމުގައި ހއ. ހޯރަފުށީ ކައުންސިލުން ބުނެފި އެވެ.
ހއ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެންނެވީ މިދިޔަ ބުދަ ދުވަހު އެވެ.
އަދި އެ ދަތުރުފުޅުގައި ހޯރަފުށީ ކައުންސިލްގެ ބޭފުޅުންނާއި ރައީސް މުއިއްޒު ބައްދަލުކުރެއްވި އިރު އެ ކައުންސިލުން ވަނީ ހޯރަފުށީ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކޮަށް ކުނީގެ މައްސަލަ ހައްލުކޮށްދެއްވުމަށް ވެސް އެދިފަ އެވެ.
އޭގެ އިތުރުން ހޯރަފުށީގެ ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކޮށް އިސްލާމިކް ސެންޓަރެއް އަޅައި އަދި ހޯރަފުށީ އެއާޕޯޓް އިންޓަނޭޝަނަލްކޮށްދިނުމަށް ވެސް އެދިފައި ވެއެވެ.
އެ ދަތުރުފުޅާ ގުޅޭ ގޮތުން ހޯރަފުށީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއް ރަށާއި އަނެއް ރަށާއި ދެެމެދު ވާދަވެރިކަން އިންތިހާއަށް އިތުރުވެފައިވާ އިރު ކައިރި ރަށްރަށުގެ ތަރައްގީއަށް ބޮޑެތި ވައުދުތަކެއްވި އިރު ހޯރަފުއްޓަށް އެފަދަ ވައުދުތައް ނުވާތީ އެކަމާމެދު އެ ރަށުގެ ރައްޔިތުން ސުވާލު އުފައްދަމުންދާ ކަމަށެވެ.
އަދި އެހެން ދިމާވީ ކައުންސިލްގެ ބޭފުޅުން ރައީސްގެ އަރިހުގައި ކަންކަން ނުދަންނަވާތީތޯ ހޯރަފުށީގެ ރައްޔިތުން ސުވާލުކުރަމުންދާކަން ވެސް ފާހަގަކޮށްފައި ވެއެވެ.
"ހޯރަފުށީ ކައުންސިލް، ޑަބްލިއުޑީސީ އަދި އިދާރާާތަކާ ރައްޔިތުން އެންމެ އެދޭ ހިދުމަތްތަކާ އަދި އެންމެ ބޭނުންވާ ކަންކަން ހޯރަފުށީގައި ފެށިގެންދާނެ ކަމުގެ އުއްމީދުގައި ތިބި ނަމަވެސް ރައީސްގެ ވާހަކަފުޅުގައި އެކަންކަން ފުރިހަމައަށް ފާހަގަކުރައްވާފައި ނުވުމުން ރައީސްގެ ދަތުރުފުޅުގެ ސަބަބުން ތަރައްގީގެ ރޭހުގައި ހއ. އަތޮޅުގެ ވާދަވެރި ރަށްތަކަށް އުފާވެރިކަމާއި އުއްމީދު އާޥެގެން ދިޔަ ނަމަވެސް ހޯރަފުށީގެ ރައްޔިތުންނަށް ލިބިގެން ދިޔައީ މާޔޫސްކަމެވެ." ހޯރަފުށީ ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު