ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް، ސައުދީ އަރަބިއްޔާގެ ހައުސިން މިނިސްޓަރާއި ބައްދަލު ކުރެއްވުން
ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް، ސައުދީ އަރަބިއްޔާގެ ހައުސިން މިނިސްޓަރާއި ބައްދަލު ކުރެއްވުން
އިންވެސްޓްމަންޓްތައް އިތުރުކުރުމާ ގުޅޭގޮތުން ރާއްޖެއާއި ސަޢުދީން މަޝްވަރާކޮށްފައިވާ ކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މި މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބް ސަޢުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކަމަށެވެ.

އެގޮތުން ސައުދީގެ ވެރިރަށް ރިޔާދުގައި ބޭއްވި ހަތަރުވަނަ ރިއަލް އެސްޓޭޓް ފިއުޗާ ފޯރަމްގައި ވަޒީރު ޑރ. މުއްޠަލިބު ސަޢޫދީގެ ހައުސިންގ މިނިސްޓަރ މާޖިދު ބިން އަބްދުﷲ އަލް-ހުގައިލްއާ ބައްދަލު ކުރަށްވައި ދެ ގައުމުގެ ދެމެދުގައި ކުރިއަށް އޮތް ތަނުގައި ތަރައްގީ އާއި ކުރިއެރުމަށް އިންވެސްޓްމަންޓްތައް އިތުރުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.



ހަމައެއާއެކު މި ފޯރަމްގެ ތެރެއިން ބޭއްވުނު ޕެނަލް ޑިސްކަޝަންގައި ޑރ. މުއްތަލިބް މުހިންމު ވާހަކަފުޅު ތަކެއްވެސް ދައްކަވާފައި ވާކަމަށް ޢިމާރާތްކުރުމާއި ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ވަޒީރު ޑރ. މުއްޠަލިބްގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި ސައުދީއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ރިއަލް އެސްޓޭޓާއި ހައުސިން ދާއިރާގައި އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށްވެސް އެވުޒާރާއިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން