އޮންލައިނު ލޯބި ހާސިލް ކުރަން ގައުމު ދޫކޮށް ލޯބިވެރިޔާގެ ގައުމަށް ދިޔަ އަންހެނަކަށް ލިބުނު ކެއްސާއި ހިތްދަތިކަމުގެ ވާހަކަ މިހާރު މީސް މީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
އެމެރިކާއަށް ނިސްބަތްވާ އުމުރުން 33 އަހަރުގެ އޮނީޖާ އެންޑްރޫ ރޮބިންސަން އާއި ޕާކިސްތާނުގެ ކަރާޗީއަށް ނިސްބަތްވާ ނިދާލް އަހުމަދު މެމަން އާ ދެމެދު ލޯބީގެ ގުޅުންތަކެއް އުފެދިފައިވަނީ ސޯޝަލް މީޑިއާ މެދުވެެރިކޮށެވެ.
މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ލޯބިވެރިޔާއާ ބައްދަލުވެ މި "އޮންލައިނު" ލޯބި އިތުރަށް ފުޅާ ކޮށް، ގުޅުން އިތުރަށް ބަދަހި ކުރުމުގެ ބޭނުމުގައި އޮނީޖާ ކަރާޗީއަށް ގޮސްފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގައެވެ. އަދި އޭނާ ކަރާޗީއަށް ގޮސްފައިވަނީ 30 ދުވަހުގެ މުއްދަތަކަށް ދެމިގެންދާ ޓޫރިސްޓު ވިސާއެއްގައި ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް ޕާކިސްތާނަށް ދިއުމުން އޭނާއަށް ހީވެސް ނުކުރާފަދަ ހިތި ތަޖުރިބާތަކެއް ކުރެވުނު ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެގޮތުން އާއިލާއިން ދުވަހަކުވެސް އެ ދެމީހުންގެ ގުޅުމަކަށް އެއްބަސްނުވާނެ ކަމަށާއި، ކައިވެނި ވިޔަކަ ނުދޭނެ ކަމަށް ބުނެ އޭނާގެ ލޯބިވެރިޔާ މެމަން ވަނީ އެދެމީހުންގެ ދެމެދުގައި އޮތް ގުޅުން ނިންމާލައި އޭނާ އެކަނިވެރިކޮށްލާފައެވެ. އަދި އޮނީޖާގެ ޓޫރިސްޓު ވިސާ ހަމަވެ، އަޅާލާނެ އެއްވެސް ޔާރެއް ނެތި ޕާކިސްތާނުގައި އޭނާ އެކަނިވެރިވިއެވެ.
ކަން މިހެންވި ނަމަވެސް އޭނާ އެނބުރި އެމެރިކާއަށް ދާކަށް ގަސްތެއް ނުކުރެއެވެ. އަދި އޭނާގެ ހިތުގައިވާ ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި ކަރާޗީގައި ހުންނަ މެނަންގެ ގެ ކަމަށް ބުނި ގެ ކަައިރީގައި ކޭމްޕު ކުރަން ގަސްތުކޮށް އޭނާ އެތަނަށްވެސް ދިޔަ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް އެތަނަށް ދިއުމުން އެއީ ބޮޑު ތަޅު އަޅުވާފައިވާ ފަޅު ގެއެއްކަން އެނގި އޭނާ އިތުރަށް މާޔޫސްވި ކަމަށްވެސް ރިޕޯޓުތަކުގައި ވެއެވެ.
އޮނީޖާއަށް ދިމާވި މި ހިތާމަވެރި ހާދިސާއަށް މީޑިއާގެ ސަމާލުކަން ލިބުނީ ޕާކިސްތާނުގެ އެކްޓިވިސްޓެއް ކަމަށްވާ ޔޫޓިއުބަރު ޒައްފަރު އައްބާސް މި ވާހަކަ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިކަމަށް އެގައުމުގެ ސަރުކާރުގެ ސަމާލުކަން ލިބި، އެގައުމުގެ ގަވަނަރު ވަނީ އޭނާއަށް އެހީވުމުގެ ގޮތުން ވިސާގެ މުއްދަތު އިތުރުކޮށް، އެނބުރި ގައުމަށް ދިއުމަށް ޓިކެޓެއްވެސް ދީފައެވެ. ނަމަވެސް ޕާކިސްތާނުން އެހީ ފޯރު ކޮށްދިނުމުން އޭނާގެ އަމަލުތަކަށް އަދި އާދަޔާ ހިލާފު ބަދަލުތަކެއް އައި ކަމަށް ރިޕޯޓުތަކުގައި ވެއެވެ.
އެގޮތުން އެގައުމު ދޫކޮށް ދާން އިންކާރުކޮށް އޭނާގެ ލޯބިވެރިޔާގެ ގޭގެ ކުރިމަތީގައި ކޭމްޕު ކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތަކުގައި ވެއެވެ. އަދި އޭނާ އެގައުމުގެ ސަރުކާރަށް ތަފާތު އެކިކަހަލަ ޑިމާންޑުތައް ކުރަމުންދާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ.
އޭނާ އެގައުމުގެ ސަރުކާރަށް ޑިމާންޑު ކޮށްފައިވަނީ އެގައުމުގެ ސިޓިޒަންޝިޕް ދިނުމަށް އެދިއެވެ. އަދި އޭނާގެ ލޯބިވެރިޔާ ކަމަށް ބުނާ 19 އަހަރުގެ މަމަންގެ މައްޗަށް ޑިމާންޑު ކޮށްފައިވަނީ ކޮންމެ ހަފްތާއަކު އޭނާއަށް 3000 ޑޮލަރު ދިނުމަށް އެދިއެވެ.
"އެތައް މަހެއް ވޭތުވެއްޖެ މިހާރު އޭނާ އެގޭގެ ކުރިމަތީގައި ކޭމްޕު ކޮށްގެން ހުންނަތާ، އެންޖީއޯތަކުންނާއި ކަމާ ގުޅުން ހުރި އިދާރާތަކުން އެހީ ފޯރުކޮށްދީ އެމެރިކާއަށް އެނބުރި ދެވޭނެ ގޮތް ހަމަޖައްސަދޭންވެސް މަސައްކަތް ކުރި، އެކަމަކު އޭނާ އެނބުރި ދާކަށް ބޭނުމެއް ނުވޭ. އޭނާ ބޭނުންވަނީ ޕާކިސްތާނުގެ ރައްވެހިކަމާއި، ކޮންމެ ހަފްތާއަކު 3000 ޑޮލަރު." އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު މީޑއާއަކާ ވާހަކަ ދައްކަމުން ބުނެފައިވެއެވެ.
މިކަންތައް މީޑިއާގެ ސަމާލުކަމަށް އައުމުން އޮނީޖާގެ ފިރިހެން ދަރިފުޅު ޖެރެމިއާ އެންޑްރޫ ރޮބިންސަން ވަނީ މީޑިއާތަކާ ވާހަކަ ދައްކައި އޭނާއަކީ ނަފްސާނީ ބަލި ހުންނަ މީހެއް ކަމަށް ބުނެފައެވެ. އެގޮތުން ޖެރެމިއާ ބުނެފައިވަނީ އޭނާއަކީ ބައިޕޯލާ ފަދަ ނަފްސާނީ ބަލިތައް ހުންނަ މީހެއް ކަމަށާއި މިކަމުގެ ސަބަބުން އޭނާގެ ކޮގްނިޓިވް މަސައްކަތްތަަކަށް ބުރޫ އަރާ ކަމަށެވެ.
އޮނީޖާގެ ކިބައިގައި އެއްވެސް ކަހަލަ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް މިހާރު އޭނާ ކަރާޗީގެ ޖިނާ ޕޯސްޓު ގްރެޖުއޭޓު ހޮސްޕިޓަލުގެ ނަފްސާނީ ބަލިތަކާ ބެހޭ ޑިޕާޓްމެންޓުަގައި އެޑްމިޓު ކޮށްފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.
މަސްދަރު: ޖިއޯ ނިއުސް

ކިޔުންތެރިންގެ ހިޔާލު