ފަލަސްތީނުގެ ދިފާއުގައި ހަނގުރާމަކުރަމުންދާ ހަމާސް ޖަމާއަތް ބަލިކުރެވިއްޖެ ކަމަށް ބުނެ އިސްރާއީލުގެ އިސް ނިރުބަވެރިޔާ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ދިއުމަށް ދަތުރުފަށައިފިއެވެ.
ނަތަންޔާހޫ އެމެރިކާއަށް ދަނީ ރައީސް ޓްރަމްޕާއެކު ބާއްވާ މުހިންމު ބައްދަލުވުމަކަށް ކަމަށް ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރެއެވެ. އަދި އެ ބައްދަލުވުމުގައި "ހަމާސްގެ މައްޗަށް ކާމިޔާބީ" އާއި އަރަބި ގައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން ފުޅާކުރުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރާނެ ކަމަށް ބެލެވެ އެވެ.
އަންގާރަ ދުވަހު ރައީސް ޓްރަމްޕު އާއި ނަތަންޔާހޫ ވައިޓް ހައުސްގައި ބައްދަލުކުރައްވަން މިހާރު ވަނީ ތާވަލުކޮށްފައެވެ. މި ބައްދަލުވުމަކީ ޖެނުއަރީ 20 ވަނަ ދުވަހު ވެރިކަމަށް އެނބުރި ވަޑައިގެންނެވި ފަހުން ބޭރުގެ ލީޑަރަކާ އެކު ޓްރަމްޕް ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
މިދިޔަ މަހު ހަނގުރާމަ ހުއްޓާލުމަށް ފަހު ޣައްޒާގެ ކޮންޓްރޯލް ހަމާސް އިން ވަނީ ކަށަވަރުކޮށްފައެވެ. އަދި ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަން ފެށި ހަނގުރާމަ ހުއްޓާލުމާއި ރަހީނުން ދޫކޮށްލުމުގެ އެއްބަސްވުމުގެ ފުރަތަމަ ހަ ހަފްތާގެ މަރުހަލާގައި ޖުމްލަ 33 އިސްރާއީލުގެ ރަހީނުން މިނިވަން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމާސްއިން ވަނީ 18 މީހަކު މިނިވަންކޮށްފައެވެ.
ހަނގުރާމަ ނިމުމަކަށް ގެނެސް އިސްރާއީލުގެ ސިފައިން އެއްކޮށް ފަލަަސްތީނުގެ ބިންތަކުން ފައިބައިގެން ނުގޮސްފި ނަމަ އިސްރާއީލާއި ހަމާސްއިން ހެދި ސުލްހައިގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި މިނިވަންކުރަން ނިންމި ރަހީނުން ދޫކޮށްނުލާނެ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.
ޓްރަމްޕް އާ ބައްދަލުކުރަން ނަތަންޔާހޫ ދާއިރު ޓްރަމްޕުގެ އަސްލު ވިސްނުން ހުންނެވީ ކޮން ގޮތެއްގައިކަމެއް އޭނާ އަށް އަދިވެސް ނޭނގޭ ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެގޮތުން އެމެރިކާ އަކީ އިސްރާއީލުގެ ވަރުގަދަ ސަޕޯޓަރެއް ނަމަވެސް މެދުއިރުމަތީގައި ހަނގުރާމަތައް ނިމުމަކަށް ގެނައުމަށް ވައުދުވެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ބްރޯކަރަކަށް އެހީތެރިވެދެއްވިކަމުގެ ކްރެޑިޓް ވެސް ނަންގަވާފައިވަނީ ޓްރަމްޕް އެވެ.
ނަތަންޔާހޫގެ މި ދަތުރުގައި ކަންތައް ވާނޭގޮތާމެދު މިހާރުވެސް ގިނަ ބަޔަކު ހިޔާލުތަފާތު ވެފައިވާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު