ނިރުބަވެރި އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފެށުމަށް ޤަޠަރުގެ ބޮޑުވަޒީރު ޝެއިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އާލް ޘާނީ ގޮވާލައްވައިފިއެވެ.
އާދީއްތަ ދުވަހު ޤަޠަރުގެ ބޮޑުވަޒީރު ވިދާޅުވެފައިވަނީ އިސްރާއީލާއި ހަމާސްއިން ވަގުތުން ޣައްޒާ ހަނގުރާމަ ހުއްޓުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފަށަން ޖެހޭ ކަމަށެވެ. އެހެންނަމަވެސް މި މަޝްވަރާތައް ފެށޭނެ ވަކި ތާރީޚެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ތުރުކީގެ ޚާރުޖީ ވަޒީރާއެކު ދޯހާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝެއިޚް މުޙައްމަދު ވިދާޅުވީ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ހަމާސްއާއި އިސްރާއީލަށް ގޮވާލައްވާފައެވެ.
ހަމާސް އާއި އިސްރާއީލުން ހަދާފައިވާ ހަނގުރާމަ ހުއްޓުމުގެ އެއްބަސްވުމުގައިވާ ގޮތުން، ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ފުރަތަމަ ފިޔަވަހި ނިމޭތާ 16 ވަނަ ދުވަހުގެ ކުރިން ފަށަން ޖެހެއެވެ.
ފާއިތުވި މަހު އިސްރާއީލާއި ހަމާސް އިން ވަނީ ތިން ފިޔަވައްސަކަށް ބެހިފައިވާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިހާތަނަށް ހަމާސްއިން ވަނީ 18 ރަހީނުން ދޫކޮށްލާފައެވެ. އަދި އޭގެ ބަދަލުގައި އިސްރާއީލުން ވަނީ އިޒްރާއީލުން ހައްޔަރުކޮށްފައިވާ އެތައް ސަތޭކަ ފަލަސްތީނު މީހުން ދޫކޮށްލާފައެވެ.
މި އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ޣައްޒާގައި ތިބި ހުރިހާ ރަހީނުން ދޫކޮށްލުމާއި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި، އިސްރާއީލުގެ ސިފައިން ޣައްޒާއިން އެއްކޮށް ފޭބުމެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި މި ހަނގުރާމައިގައި ފަލަސްތީނުގެ 47،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްޠީނުގެ ސިއްހީ އިދާރާތަކުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު