މީގެ ކުރިން މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ކޯސްޓްގާޑް އުޅަނދެއް (ފޮޓޯ: އެމްއެންޑީއެފް)
މީގެ ކުރިން މީހުން ސަލާމަތްކުރުމުގައި ޙަރަކާތްތެރިވި ކޯސްޓްގާޑް އުޅަނދެއް (ފޮޓޯ: އެމްއެންޑީއެފް)
ވ. ކުނާވަށި ކައިރިން 6 މީހުންނާއެކު ދަތުރު ކުރި ޑިންގީއެއް ފަރަށް އަރައިގެން އެމްއެންޑީއެފުން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މި ޙާދިސާގެ މަޢުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިރޭ 20:10 ހާއިރު ކަމަށާއި، މިހާރު އެ ސަރަޙައްދުގައި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑް ސްކޮޑްރަން އިން ޙަރަކާތްތެރިވަމުންދާ ކަމަށެވެ.

މީގެ އިތުރުން އެމްއެންޑީއެފުން މިރޭ ވަނީ މ. މުލިން ސްނޯކްލިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނަކު ހޯދައި އެރަށަށް އަނބުރާ ގެންގޮސްފައެވެ. މި ހާދިސާގައި ގެއްލުނު މީހާ ފެނިފައިވަނީ ކައިރީގައި އޮތް ފަރުމަތީ ހުއްޓައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

3 މީހުންނާއެކު ސްނޯކްލިން އަށް މ. މެދުފުށި ކައިރީ ފަޅުތެރެއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިރޭ 7:55 ހާއިރުއެވެ. ސްނޯކްލިންއަށް ފައިބާފައިވަނީ ތިން ދިވެހި ފިރިހެނުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދަށް މޫސުމް ގޯސް ދުވަސްވަރަކަށް ވުމާއެކު ކަނޑުދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން އެ އިދާރާއިން ވަނީ 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާއި ހަމައަށް މިރޭގެ 21:15 އިން ދަންވަރު 02:00 އާއި ހަމައަށް ވައިޓް އެލަރޓް ނެރެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން