މަރްޔަމް ނަހްދާ ވަޙީދު   4 ފެބްރުއަރީ 2025 - 5:24
ޓޮމާޓޯ ކަނީ- ގޫގުލް އިމޭޖެސް
ޓޮމާޓޯ ކަނީ- ގޫގުލް އިމޭޖެސް
ހަށިގަނޑު އިންފްލެމޭޓުވަނީ ހަށިގަނޑުގައި ދިރިއުޅެން ނުޖެހޭ ބާވަތްތަކުގެ ޖަރާސީމާއި ވައިރަސްތަކުގެ ސަބަބުން ގުނަވަންތަކަށް އެކިކަހަލަ ގެއްލުންތައް ވުމުންނެވެ. މިކަން ރަނގަޅު ކުރުމަށް ފައިދާހުރި، ތަފާތު އެކިކަހަ ނިއުޓްރިއެންޓުތައަ ހިމެނޭ ކާނާ ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

މިފަހަރު މި ހިމަނާލަނީ ހަށިގަނޑު އިންފެލެމޭޓުވުމުން ދުރުކޮށްދޭ އަދި ފަސޭހަކަމާއެކު އަގުހެޔޮކޮށް ލިބޭ 5 ކާނާގެ ބާވަތެކެވެ.

ރީނދޫ

ރީނދުލުގައި ހިމެނޭ މާއްދާއެއް ކަމަށްވާ ސާކިއުމިން އަކީ ވަރަށް ބާރުގަދަ އެންޓިއޮކްސިޑެންޓެކެވެ. މި ބޭނުން ކުރުމުން އިންފެލެމޭޝަން އާ ދެކޮޅަށް މަސައްކަތްކޮށް ހަށިގަނޑުގެ ސިއްހަތު ރަނހަޅު ކުރުމަށް އެހީވެދެއެވެ.

އިނގުރު

އިނގުރަކީ އޭގައި ގިނަ އަދަދަކަށް ބައޮއެކްޓިވް މާއްދާތަކާއި އެންޓި އޮކްސިޑެންޓުތައް ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން އިންފެލެމޭޝަން ދައްކޮށްދީ، ގޮހޮރުގެ މައްސަލަތަކުންވެސް މީހާ ރައްކާތެރި ކޮށްދެއެވެ.

ލޮނުމެދު

ލޮނުމެދަކީ އޭގައި އެސިލިން ނަމަކަށް ކިޔާ މާއްދާއެއް ހިމެނޭ އެއްޗެކެވެ. މި މާއްދާއަކީ އެންޓި މައިކްރޯބިއަލް އަދި އެންޓި އިންފްލެމޭޓަރީ ސިފަތަކެއްް ލިބިފައިވާ މާއްދާއެކެވެ. އެހެންވެ ލޮނުމަދު ބޭނުން ކުރުމުން ހަށިގަނޑު އިންފެލެމޭޓު ވުމުން ހުއްޓުވައިދީ، މީހާގެ ދިފާއީ ނިޒާމުވެސް ވަރުގަދަ ކޮށްދެއެވެ.

ފެހިފަތުގެ ބާވަތްތައް

ފެހިފަތުގެ ބާވަތްތަކަކީ އޭގައި ވިޓަމިނާއި، މިނަރަލްތަކުގެ އިތުރުން އެންޓިއޮކްސިޑެންޓުތައްވެސް ހިމެނޭ ބާވަތްތަކެވެ. މި ބޭނުން ކުރުމުން އިންފްލެމޭޝަން ދައްކޮށްދީ، ހަމަޖުގެ ނިޒާމަށް ދިމާވާ މައްސަލަތައް ރަނގަޅު ކޮށްދެއެވެ.

ޓޮމާޓޯ

ޓޮމާޓޯ އަކީ އޭގައި ގިނަ އަދަދަކަށަ ލައިކޮޕީން ހިމެނޭ އެއްޗެކެވެ. މި ބޭނުން ކުރުމުން ހަށިގަނޑު އިންފްލެމޭޓު ވުމުން ދުރުކޮށްދީ، ހަމުގެ ސިއްހަތު ރަނގަޅު ކޮށްދެއެވެ. އަދި މީހާގެ ސިއްހަތުވެސް ރަނގަޅު ކޮށްދެއެވެ.

މި ހުރިހާ ބާވަތަކީވެސް ފަސޭހައިން ލިބެން ހުންނަ ސިއްހަތަށް ފައިދާހުރި ކާނާ ބާވަތްތަކެކެވެ. މިތަކެތި ކެއުމުން ހަށިގަނޑުގެ އިންފްލެމޭޝަން ދައްކުރުމަށް އެހީތެރިވެދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން