އިސްރާއިލުން ޣައްޒާގައި ހިންގި ގަތުލު އާންމުގައި ޝަހީދުކޮށްލި މީހުންގެ އަދަދުތައް ކުރިން ހާާމަކުރި އަދަދުތަކަށް ވުރެ މާ މަތިކަން ހާމަވެއްޖެ އެވެ.
މީގެ ކުރިން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ޣައްޒާގެ ހަމަލާތައް މެދުކަނޑާލުމާ ހަމައަށް އިސްރާއިލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 47،000އަށް މައްޗަށް އަރާާ ކަމަށެވެެ.
އެހެން ނަމަވެސް ހަނގުރާމަ މެދުކަނޑާލިފަހުން ޣައްޒާގެ ރައްޔިތުން ދަނީ ބިމާ ހަމަވެފައިވާ ތަންތަނުން މަރުވެފައިވާ އެހެން މީހުންގެ ހަށިގަނޑުތައް ވެސް ހޯދަމުން ނެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ ހެޑް ސަލާމާ ވިދާޅުވީ ގެއްލިފައިވާ 14،222 މީހުން ޝަހީދުވެފައިވާކަމަށް މިހާރު ވަރަށް ބޮޑަށް ބެލެވޭ ކަމަށާއި އެއާއެކު ޝަހީދުވީ މީހުންގެ ޖުމްލަ އަދަދު 61709 އަށް އަރާ ކަމަށެވެ.
ޝަހީދުވީ މީހުންގެ ތެރޭގައި 17،881 ކުޑަކުދިން ވެސް ހިމެނޭ ކަމަށް ސަލާމާ ވިދާޅުވި އެވެ. އަދި 38،000 ކުޑަކުދިން ޔަތީމުވެސްވިކަމަށް ސަލާމާ ވިދާޅުވި އެވެ.
އިސްރާއިލުން ބައެއް އާއިލާތަކުގެ ހުރިހާ މެމްބަރުންވެސް ޝަހީދުކޮށްލައިފައި ވެއެވެ. އޭގެ ތެރޭގައި 2000އަށް ވުރެ ގިނަ އާއިލާ ހިމެނޭ އެވެ.
އޭގެ އިތުރުން 205 ނޫސްވެރިން ޝަހީދުކޮށްލި އިރު ސިއްހީ ދާއިރާާގައި ހަރަކާތްތެރިވާ 1000 އަށް ވުރެ މީހުންވެސް އިސްރާއިލުން ޝަހީދުކޮށްލި އެވެ.
ޣައްޒާގެ ގަތުލު އާާންމަކީ 21 ވަނަ ގަރުުނުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ގަތުލު އާންމެވެ.

ކިޔުންތެރިންގެ ހިޔާލު