ރައީސް މުއިއްޒު
ރައީސް މުއިއްޒު
އުފާވެތި، ދުޅަހެޔޮ، އަދި ވިލުންތެރި ގައުމެއް ބިނާކުރުމަށް ކެންސަރު ބައްޔާ ދެކޮޅަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން ރައީސް މުއިއްޒު މިއަދު ވިދާޅުވީ ކެންސަރު ބަލި ތަހައްމަލު ކުރާ ކޮންމެ މީހަކީވެސް ތަފާތު ދަތުރެއް ކުރާ މީހެއް ކަމަށާއި، އެހެން ނަމަވެސް އަޅުގަނޑުމެން ތިބީ އެއްބައިވަންތަ ކަމާއިއެކުގައި ކަމަށެވެ.

ރައީސް ވަނީ ކެންސަރުގެ ފަރުވާއަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް އަލި އަޅުވާލައްވައިފަ އެވެ.

އެގޮތުން ކެންސަރު ބަލީގެ ހާއްސަ މަރުކަޒެއް ގާއިމުކޮށް، ޕެލިއޭޓިވް ކެއަރ ނުވަތަ ހައްސާސް ބަލިތައް ހުންނަ މީހުންގެ އަލާމާތްތައް ދެނެގަނެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދޭ ހިދުމަތްތައް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާކޮށް، ހިދުމަތް ހޯދޭނެ މަގުތައް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަދި ކެންސަރު ބަލީގެ ހާއްސަ ތަހުލީލުތައް ކުރެވޭ ސްޕެޝަލައިޒްޑް ސްކްރީނިންގް މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، އެ ކަމުގެ ސަބަބުން ކެންސަރާ ދެކޮޅަށް ހިންގާ ޕްރޮގްރާމްތައް ހިންގުމަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން