ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ބާއްވާ އެންމެ ބޮޑު މައުރަޒު، ރަށު އެކްސްޕޯ 2025 ގެ ރަސްމީ މަންޒިލުގެ ގޮތުގައި ފުވައްމުލައް ސިޓީ ހަމަޖެހިފައިވާ ކަމަށް ދަ ޓްރެވަލް ގައިޒް އިން އިޢުލާނުކޮށްފިއެވެ.
އިއްޔެ އިއުލާން ކުރި މި އެއްބަސްވުމުގެ ދަށުން، ފުވައްމުލަކުގެ ތަފާތު ސަގާފަތާއި، މުއްސަނދި ތަރިކައާއި، ޚާއްޞަ ކާނާގެ ތަޖުރިބާތަކާއި އަދި އެކި ބާވަތުގެ އެޑްވެންޗަރ ޓޫރިޒަމްގެ ފުރުޞަތުތައް ފާހަގަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފުވައްމުލައް ސިޓީ ފާހަގަކޮށްލެވޭ މަންޒިލެއްގެ ގޮތުގައި ކުރިއަރުވަން މަސައްކަތްކުރެވޭނެއެވެ.
ފެބްރުއަރީ 13 އިން 15 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ރަށު އެކްސްޕޯގައި، ރަށު ކައުންސިލްތަކާއި، ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ލޯކަލް ވިޔަފާރިތަކާއި އަދި ޓޫރިޒަމް ދާއިރާގެ އެހެނިހެން ފަރާތްތައް ރާއްޖޭގެ އެތެރޭގެ އަދި ބޭރުގެ ފަތުރުވެރިންނާ ގުޅުވައިދޭ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތްކުރެވޭނެއެވެ.
ފުވައްމުލަކަކީ ރާއްޖޭގައި އެއް ރަށެއްގެ މައްޗަށް އެކުލެވޭ ހަމައެކަނި އަތޮޅު ކަމުގައިވުމުގެ އިތުރުން، އެ ރަށުގެ އާދަކާދަތަކާއި، ރަށުގެ އަތްތެރި މަސައްކަތްތަކާއި، އަދި ހާއްސަ ކާނާގެ ބާވަތްތަކުން ފާހަގަކޮށްލެވޭ ރަކެވެ.

ކިޔުންތެރިންގެ ހިޔާލު