ހިމާޔަތް ކޮށްފައޮތް ށ. ފަރުކޮޅުގެ ގޮނޑުދޮށުންނާއި، ތުނޑިން އަދި ފަޅުތެރެއިން ގިނަ އަދަދަކަށް ވެލި ނަގާތީ އެ އަތޮޅު ކައުންސިލުން ކަންބޮޑުން ފާޅުކޮށްފިއެވެ.
މި މައްސަލަ އާ ގުޅިގެން ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުގައި ފަރުކޮޅަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހިމާޔަތްކޮށްފައިވާ ސަރަހައްދެއް ކަމަށެވެ. އެހެން ނަމަވެސް މި ފަހަކަށް އައިސް އެކި ފަރާތްތަކުން އުދައްޔާއި، ފަކީރާ އަދި ޕަންޕު ބޭނުންކޮށްގެން އެތަނުން ގިނަ އަދަދަކަށް ވެލި ނަގަމުންދާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މިހާރު ފުލުުންގެ އެހީތެރިކަމާއެކު އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މައްސަލަ ބަލަމުންދާކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.
ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް ވިދާޅުވީ، އާންމުން އެތަނުން ވެލި ނަގަނީ ޒަރޫރީ ބޭނުންތަކަށް ކަމަށާއި، ނަމަވެސް އީޕީއޭއިން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
ހިމާޔަތްކޮށްފައިވާ މި ސަރަހައްދުން ވެލިނެގުމަކީ މަނާކަމަކަށް ވާއިރު މިއީ ގުދުރަތީ ނުވަތަ ތަބީޢީގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަނާބެހޭ ގަވާއިދުގައި ވެސް މަނާކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު