ފަލަސްތީނުގެ ރައްޔިތުން ޣައްޒާ ދޫކޮށް ދާން ޖެހޭކަމަށް އެގައުމާ އަދާވާތްތެރި އިސްރާއީލުގެ އެންމެ އެކުވެރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ވައިޓްހައުސްގައި ރޭ މީޑިޔާތަކަށް ދިން އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ބުނީ މިހާރު އޭނާ އެންމެ ދެކެން ބޭނުން ވަނީ ޣައްޒާއާ އަވަށްޓެރި ގައުމުތައް ކަމަށްވާ މިސްރާއި އުރުދުން އިން ޣައްޒާގެ ރައްޔިތުން އެ ގައުމުތަކަށް ގެންދާ ތަން ކަމަށެވެ.

ޓްރަމްޕު ބުނީ ޣައްޒާގެ ރައްޔިތުން އެ ބިމުން ފައިބަން އެ ރައްޔިތުންވެސް ބޭނުންވެފައި ތިބި ކަމަށާއި އެމީހުން ވެސް އެކަމާ އުފާކުރާނެ ކަމަށެވެ. އޭނާ ބުނީ ނިރުބަވެރި އިސްރާއީލުގެ ވައިގެ ހަމަލާތައް "މާދަމާ ވެސް ފެށިދާނެ" ކަމަށާއި ޣައްޒާއަކީ "ތަޅާލަން ޖެހިފައިވާ ސައިޓެއް" ކަމަށެވެ.

މި ވާހަކަތައް ހިއްސާކުރުމަށްފަހު ޓްރަމްޕް ބުނީ ޣައްޒާގައި ނިރުބަވެރި އިސްރާއީލްގެ ރައްޔިތުން ވަޒަންވެރި ކުރުމަށް ތާއީދު ނުކުރާ ކަމަށެވެ. އެކަމަކު، އެއީ ކޯލިޝަން ޕާޓީތަކުން އެދޭ ގޮތް ކަމަށް އޭނާ ބުންޏެވެ.

ފަލަސްތީނުގެ ބިންތަކަށް އަރައި ހަނގުރާމަކުރަމުންދާ ނިރުބަވެރި އިސްރާއީލުގެ އެންމެ ގާތް އެކުވެރިއާ އަކީ އެމެރިކާ އެވެ. އަދި ހަނގުރާމައިގެ ދުވަސްތަކުގައި އެމެރިކާއިން ވަނީ އިސްރާއީލަށް އެތައް ބިލިއަން ޑޮލަރެއްގެ ހަތިޔާރު ފޯރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން