ފަލަސްތީނުގެ ދައުލަތެއް ނެތި އިސްރާއީލާ ގުޅުމެއް ނޯންނާނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ދުރުކުރުމާވެސް ދެކޮޅު ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

ސައުދީ އަރަބިއްޔާއިން ބުނެފައިވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ދޭ އެއްބާރުލުމަށް އެއްވެސް ކޮޅަކަށް ނުޖެހޭނެ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ބިމުން ދުރުކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް ތާއީދު ނުކުރާ ކަމަށާއި އަދި އެކަމާ ދެކޮޅުހަދާ ކަމަށެވެ.

މިކަން ހާމަކުރަމުން ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަލަސްތީނުގެ ދައުލަތެއް ގާއިމް ނުކޮށް އިސްރާއީލާ ގުޅުން ގާއިމް ނުކުރެވޭނެ ކަމަށެވެ.

މި ބަޔާނަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފަލަސްތީނުގެ މީހުން އަވަށްޓެރި ގައުމުތަކަށް ގެންދިއުމުން، އެމެރިކާއިން ޣައްޒާ އަތުލައި އެ ސަރަހައްދު އަލުން ތަރައްގީ ކުރަން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދެއްކުމުން ސައުދީން ނެރުނު ބަޔާނެކެވެ.

މި މައްސަލައާއި ގުޅިގެން ހަމާސްއިންވެސް ވަނީ އެމެރިކާގެ ރައީސްގެ މި ނިންމުމާ ދެކޮޅު ހަދާފައެވެ. އަދި ހަމާސް އިން ވަނީ ޓްރަމްޕްގެ ވެރިކަމާ ގުޅުން ގާއިމްކޮށް މަޝްވަރާތައް ބާއްވަން ތައްޔާރަށް އޮތް ކަމަށްވެސް ބުނެފައެވެ.

"ޓްރަމްޕްގެ ވެރިކަމާ ގުޅިގެން މަޝްވަރާ ކުރުމަށް ތައްޔާރަށް މިތިބީ،" ރަޝިޔާގެ ފޮރިން މިނިސްޓްރީއާ ބައްދަލު ކުރެއްވުމަށް ހޯމަ ދުވަހު މޮސްކޯއަށް ކުރެއްވި ދަތުރުފުޅުގައި ހަމާސްގެ ޕޮލިޓިކަލްބިއުރޯގެ އިސް މެމްބަރު މޫސާ އަބޫ މަރްޒޫކް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން