ނަރުސް މޭރީގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ބަންދުން ދޫކޮށްލީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސް ޕިނޭޑާގެ މަރުގެ މައްސަލާގައި ޅ. ހިންނަވަރު، މާފިނި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މައްޗަށް ދަޢުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި، ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.
މި މައްސަލަތަކުގައި ދަޢުވާ އުފުލާފައިވާ ހަލީމަތު ލަމްހާ ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ 12 ނޮވެމްބަރު 2024 ވީ އަންގާރަ ދުވަހުއެވެ. ނަމަވެސް އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ދަޢުލަތުން ވަނީ ލަމްހާ ބަންދުން ދޫކޮށްލުމަށް އިއުތިރާޒް ކުރާކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައެވެ.
ލަމްހާ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި އިތުރު ކުށަކަށް އަރައިނުގަތުމާއި، ކޯޓަށް ހާޒިރުވާން އަމުރެއް ލިބިއްޖެ ނަމަ އަމުރުގައިވާ ގަޑިއަށް ކޯޓަށް ހާޒިރުވުމާއި، މާލޭން ބޭރަށް ދާނަމަ ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ނުދިއުމާއި، މައްސަލައިގައި ހެކިބަސް ދޭނެ ކަމަށް ގަބޫލުކުރެވޭ ހުރިހާ މީހުންނާ މުއާމަލާތް ނުކުރުމަށާއި ބައްދަލުކޮށްނުހެދުމާއި، އެއްވެސް ހާލަތެއްގައި ގެއިން ބޭރަށް ދާން ޖެހިއްޖެނަމަ ފުލުހުންގެ ހުއްދަ ހޯދުމާއި، ބަންދުން ދޫކޮށްލާފައި ހުންނަ މުއްދަތުގައި ރާއްޖޭން ބޭރަށް ނުދިޔުމެވެ.
އޭގެފަހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.
މި މައްސަލާގައި މިއަދު ހައިކޯޓުން އިއްވި ޙުކުމްގައި ބުނެފައިވަނީ ހަލީމަތު ލަމްހާ ފުރަތަމަ ބަންދު ކުރަން ނިންމި ހާލަތްތަކަށް ބަދަލު ނާންނަ ކަމަށެވެ. އެގޮތުން ކުށުގެ ބާވަތާއި ކުށްކުރި ގޮތާއި ޖަމާއަތް ހަދައިގެން އިންތިޒާމުވެގެން ކުށް ހިންގިކަން ފާހަގަކޮށްފައިވާ ކަމަށް ޙުކުމުގައިވެއެވެ. އަދި ލަމްހާގެ ކުށުގެ ރެކޯޑާއި ބަންދުކުރިއިރު ޒިންމާދާރު ވަޒީފާއެއްގައި ލަމްހާ ހުރުމަކީ ބަންދުކުރަން ފުރަތަމަ ނިންމިއިރު ވެސް ފަނޑިޔާރަށް ރިއާޔަތްކުރެވެން ހުރި ކަންކަން ކަމަށާއި ޝަރީއަތް ލަސްވުމަކީ ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ކަމަށް ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ކަމެއް ނޫންކަން ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ ކްރިމިނަލް ކޯޓުން ލަމްހާ ދޫކޮށްލީ ގޯސްކޮށް ކަމަށާއި ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅުމުން ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.
ލަމްހާ ގޭބަންދުގައި ބެއިންދުމަށް ކްރިމިނަލް ކޯޓުން ނިންމި ނަމަވެސް އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ޖަލު ބަންދުގަ އެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ދިރިއުޅެމުން އައި މޭރީ ދަންޖެހިގެން މަރުވެފައިވާކަމަށް ބުނެ އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އޭނާގެ މަރުގައި ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ހުރުމުން ފިރިމީހާ މާވިން އެސްވައި ވާގަސް ހައްޔަރުކުރީ އެ މަހުގެ 27 ވަނަ ދުވަހުއެެވެ.
އަދި މޭރީގެ މަރުގެ މައްސަލާގައި މާވިންގެ ދިވެހި ލޯބިވެރިޔާ ކަމަށްބުނާ 24 އަހަރުގެ ލަމްހާ ހައްޔަރުކުރީ 2021 ވަަނަ އަަހަރުގެ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.
ލަމްހާގެ މައްޗަށް ދައުވާ ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީއާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައިވާތީއެވެ.
ލަމްހާއަށް ކޮށްފައިވާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ލަމްހާ އުޅުނު ގެ ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ އެވެ.
ލަމްހާއަށް ކޮށްފައިވާ ތިން ވަނަ ދައުވާ ކަމަށްވާ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ އަސާސީ އަދަބަކީ ވެސް ދެ މަހާއި ބާރަ ދުވަހަށް ޖަލަށް ލުމެވެ. މި ދައުވާ ކޮށްފައިވަނީ ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ލަމްހާ އުޅޭ ތަނުން ފެނިފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު