ކިޑްނީ އާއި ފުރަމޭގެ މޮށޭލްތަކެއް- ގޫގުލް އިމޭޖެސް
ކިޑްނީ އާއި ފުރަމޭގެ މޮށޭލްތަކެއް- ގޫގުލް އިމޭޖެސް
އަޅުގަނޑުމެންގެ ހަށިގަނޑުގެ އެންމެ މުހިންމު ގުނަވަންތަކުގެ ތެރޭގައި ކިޑްނީ އަދި ފުރަމޭ ހިމެނެއެވެ. މި ގުނަވަންތަކަކީ ހަށިގަނޑުން ވިހަ މާއްދާތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަންތަކެވެ.

ނަމަވެސް، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅި އަދި ކެއުމުގެ އާދަތަކުގެ ސަބަބުން މި ގުނަވަންތަކަށް ގެއްލުން ލިބެއެވެ. އެހެންކަމުން، މި ދެ ގުނަވަނުން ރަނގަޅަށް މަސައްކަތްކުރުވުމަށްޓަކައި މި ގުނަވަންތައް ޑީޓޮކްސް ކުރުމަކީ މުހިންމު ކަމެކެވެ.

މިފަހަރު މި ހިމަނާލަނީ މި ދެ ގުނަވަން ޑިޓޮކްސް ކުރުމުގައި އެހީވެދޭ ބުއިންތަކެވެ.

ލުނބޯ އަދި ރީނދޫ ފެން

ލުނބޯ ފެނަކީ ދުވަސް ފަށައިގަންނަ އިރު ބުއިން ވަރަށް ރަނގަޅު އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް ވިޓަމިން ސީ އެކުލެވޭ އެއްޗެއް ކަމުން މި ބުއިމުން ހަށިގަނޑު ހައިޑްރޭޓުކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު ކުރުމުގައި އެހީތެެރިވެދެއެވެ. އަދި ލުނބޯ ފެނުގެ ތެރެއަށް ރީނދޫ އަޅާލުމުން އޭގެ މަސައްކަތް އިތުރަށް ރަނގަޅުވެއެވެ. ރީނދުލުގައި ހިމެނޭ ސާކިއުމިން އަކީ އެންޓި އިންފްލެމޭޓަރީ ދިފަތަކެއް ލިބިފައިވާ އެއްޗެއްކަމުން މި ބޭނުން ކުރުމުން ފުރަމޭގެ މަސައްކަތްތައް ރަނގަޅުވެއެވެ.

ތައްޔާރު ކުރާނެ ގޮތް:

މި ތައްޔާރު ކުރުމަށް ބޭނުންވާނީ ހޫނުފެނާއި، ލުނބޯ ހުތާއި، ރީނދުލެެވެ. މި ތައްޔާރު ކުރުމަށްޓަކައި ހޫނު ފެނުގެ ތެރެއަށް ލުނބޯ ހުތާއި ރީނދޫ އެއްކޮށްލުމަށްފަހު ރަނގަޅަށް އެއްވަންދެން ގިރާލާނީއެވެ. މި ބޯން ޖެހޭނީ ހުސް ބަނޑާ ހުރެއެވެ.

ދިރި ފެން

ދިރިއަކި ތަފާތު އެކި ކާތަކެތީގެ ރަހަ މީރު ކުރުމަށްޓަކައި ޒަމާނުއްސުރެ ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. މިއީ ގިނަ އަދަދަކަށް އެންޓި އޮކްސިޑެންޓުތަކާއި އެސެންޝިއަލް އޮއިލްތައް ހިމެނޭ އެއްޗެއް ކަމުން މި ބޭނުން ކުރުމުން ހަޖަމުގެ މައްސަލަތައަ ރަނގަޅުވެ، ފުރަމޭގެ މަސައްކަތްތައް ރަނގަޅުވެއެވެ. އަދި ދިރި ފެން ބުއިމުން ހަށިގަނޑުގައި އިތުރުވެފައި ހުންނަ ސޯޑިއަމް ބޭރުކޮށް، ހަށިގަނޑުގައި ފެން ހަރުލުންވެސް ހުއްޓުވައިދެއެެވެ. އޭގެ ސަބަބުން ކިޑްނީތަކަށް ބާރު ކުރާވަރު ކުޑަވެ، މީހާގެ މެޓަބޮލިޒަމްވެސް ރަނގަޅުވެއެވެ.

ތައްޔާރު ކުރާނެ ގޮތް:

ރޭގަނޑު ނިދާއިރު އެއް ސަމުސާ ދިރި ފެންތައްޓެއްގެ ތެރެއަށް އަޅާފައި ބަހައްޓާށެވެ. އަދި ހެނދުނު ހޭލާފައި އެ ދިރި ފެން 5 މިނެޓުވަންދެން ކެއްކުމަށްފަހު ފުރާނާށެެވެ. އެއަށްފަހު ހޫނުކަންމަތީ ބޯލާށެވެ.

މަސްދަރު: އީޓައިމްސް



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން