ބައިނަލްއަގްވާމީ މުޖުތަމައުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އީރާނުން ގޮވާލައިފިއެވެ. އީރާނުން މިކަމަށް ގޮވާލެއްވީ ފަލަސްތީނާ ދެކޮޅަށް އެމެރިކާއިން އިސްރާއީލަށް ވާގިވެރިވާތީއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނު މީހުން ޣައްޒާއިން ބަދަލުކުރުމަށް ހުށަހެޅުއްވި މައްސަލައާއި ގުޅިގެން އީރާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އީރާނުން ވަނީ އެ ސަރަހައްދުގެ އެހެން ގައުމުތަކާ ގުޅިގެން އެ ޕްލޭނަށް ދެކޮޅު ހަދައި އެކަން ކުށްވެރިކޮށްފަ އެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އެސްމައިލް ބަޣާއީ ހޯމަ ދުވަހު ވިދާޅުވީ ބައިނަލްއަގްވާމީ މުޖުތަމައުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާން ޖެހޭނީ ފަލަސްތީނުގެ ރައްޔިތުންނަށް އަމިއްލައަށް ކަންކަން ނިންމުމުގެ ހައްގު ކަށަވަރު ކުރުމަށާއި ނަސްލު ނައްތާލަން ކުރާ މަސައްކަތާ ދެކޮޅަށް ތެދުވުމަށް ކަމަށެވެ.
ބަޣާއީ މި ވާހަކަފުޅު ދައްކަވަނީ ޣައްޒާ "ސާފުކޮށް" މުޅި އާބާދީ މިސްރާއި އުރުދުންއަށް ބަދަލުކުރުމުގެ ޚިޔާލެއް ޓްރަމްޕް ގެންގުޅޭތީއެވެ.
ޓްރަމްޕް ވަނީ ޣައްޒާއަކީ "ތަޅާލަން ޖެހޭ ތަނެއް" ކަމަށް ވިދާޅުވެފައެވެ. އަދި އިސްރާއީލުން 15 މަސް ވަންދެން ފަލްސްތީނަށް ބޮން އަޅައި އެ ގައުމު ސުންނާފަތި ކުރުމުންވެސް އެމެރިކާއިން އިސްރާއީލާއެކު ގުޅުން ބާއްވާތީ ގިނަ ފަރާތްތަކަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަހަރުތަކެއް ވަންދެން ދުޝްމަނުންގެ ގޮތުގައި ތިބި އީރާނާއި އިސްރާއީލުން ފުރަތަމަ ފަހަރަށް ސީދާ ހަމަލާތައް ބަދަލުކުރީވެސް ޣައްޒާގައި ހިނގި ހަނގުރާމައިގެ ދުވަސްވަރު އެވެ. އަދި އީރާނުން ވަނީ އެތައް ފަހަރެއްގެ މަތިން ޣައްޒާގެ ދިފާއުގައި ނުކުމެ އިސްރާއީލާއި އެމެރިކާއަށް ވަރުގަދަ އިންޒާރުތަކެއް ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު