ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް އަތްނުފޯރާ ފަށަށް ބީވެގެން ދާ މަންޒަރު ފެންނަމުންދާކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވެއްޖެއެވެ.

ގުޓަރެސް މިގޮތަށް ވިދާޅުވީ އެމެރިކާއިން ފަލަސްތީނުގެ ޣައްޒާގެ ކޮންޓްރޯލް ނަގައި އެތަނުން އެންމެން ނެރުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި އެމެރިކާއިން މިހާރު ބޭނުން ވަނީ ފަލަސްތީނުގެ ބިންތައް ހުސްކޮށް އެތަނުގެ ހަގީގީ ވަޒަންވެރިން ކައިރި ގައުމުތަކަށް ބަދަލުކުރާށެވެ.

މި މައްސަލައާއި ގުޅިގެން ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ގުޅޭ ކަންކަން ހަވާލުވެފައިވާ ކޮމިޓީގައި ދެއްވި ތަގުރީރުގައި ގުޓަރެސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ އަމިއްލަ ބިމުގައި އިންސާނުންގެ ގޮތުގައި ދިރިއުޅުމަކީ އެ މީހުންގެ ކިބައިން ނިގުޅައިނުގަނެވޭނެ އެންމެ އަސާސީ ހައްގު ކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އަމަލަށް ރިޔާއަތް ކުރައްވައި ގުޓަރެސް އިތުރަށް ވިދާޅުވީ ތަނެއްގެ ހުރިހާ ރައްޔިތުންގެ އިންސާނީ ކަރާމާތް ނަގާލައި އެއީ ވިޔާނުދާ ބައެއްގެ ގޮތުގައި ދައްކާ މަންޒަރު.މިހާރު ފެންނަމުންދާ ކަމަށެވެ.

ފުރަތަމަ ދުވަހުން ފެށިގެން އދ. އިން ދަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރަމުންކަން ފާހަގަ ކުރެވެއެވެ. އަދި މި ސަބަބަށް ޓަކައި އިސްރާއީލާއި އެމެރިކާ އިން ވަނީ އދ. އިން ބޭރުވާންވެސް ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން