ދަނޑުވެރިކަމުގެ އިގުތިސާދީ ޒޯނުގެ މަޝްރޫއުގެ މަސައްކަތް 2028ގައި ނިމޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައ މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ދިވެހީން މި ބިމުގައި ދެމި ތިބުމުގެ އެންމެ އަސާސީ މައިގަނޑު ދެ ވަސީލަތަކީ ދަނޑާއި ކަނޑު ކަމަށެވެ.
އަދި ދިވެހި މަސްވެރިކަން ޒަމާނީކުރަމުންދާ ގޮތަށް ރާއްޖޭގައި ދަނޑުވެރިކަން ވެސް ޒަމާނީކުރަން ވައުދުވެވަޑައިގަންފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިގުތިސާދުގެ މުހިންމު ބައިވެރިއަކަށް ދަނޑުވެރިކަން ބަދަލުކުރަން ބޭނުންފުޅުވާކަމަަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ތަަސައްވަރާ އެއްގޮތަށް ދަނޑުވެރިކަމުގެ ދާއިރާއިން ހާއްސަ ތަރައްގީގެ މަސައްކަތްތަކެއް މިއަހަރު ކުރުމަށް ރާވައިފައިވާ ކަމަށެވެ.
"އެ ގޮތުން ދަނޑުވެރިކަމުގެ ދާއިރާއިން ހާއްސަ ތަރައްގީގެ މަސައްކަތްތަކެއް މިއަހަރު ކުރުމަށް ވަނީ ރޭވިފައި. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ޚާއްސަ އިގުތިސާދީ ޒޯނެއް ގާއިމުކުރެވޭނެ. ރާއްޖޭގައި އުފެއްދޭ މައިގަނޑު ބާވަތްތައް ފުޑް ސެކިއުރިޓީ ގާއިމުކުރެވޭ މިންވަރަށް އުފެއްދުމުގެ ހާއްސަ މަޝްރޫއެއް މިއަހަރު ފެށިގެންދާނެ. އަދި މި މަޝްރޫއު 2028 ގައި ނިމި އޭގެ ފައިދާ ރާއްޖޭގެ އިގުތިސާދަށް ލިބޭނެ." ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ ދަނޑުވެރިކަމުގެ ބޮޑު މަޝްރޫއު އުތުރު ތިލަފަޅުގައި ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް މިހާރު ނިންމާގައިވަނީ އެ މަޝްރޫއު ރަސްމާލޭގައި ކުރިއަށް ގެންދިއުމަށެވެ.

ކިޔުންތެރިންގެ ހިޔާލު