ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ބައެއް މެމްބަރުން އަނިޔާވެރިކަމަށް ހިތްވަރުދޭ މަންޒަރު މިއަދު ފެނިފައިވާ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ރީކޯ މޫސަ މިހެން ވިދާޅުވީ މިއަދު ރިޔާސީ ބަޔާން އިއްވި ގަޑީގައި އެމްޑީޕީގެ ބައެއް މެމްބަރުންގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކުރަން އެންގުމުން، އެބޭފުޅުން އަނިޔާވެރިކޮށް ނެރުމަށް ޕީއެންސީގެ ބައެއް މެމްބަރުން ގޮވާލި ކަމަށް ވިދާޅުވެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މޫސަ ވިދާޅުވީ މަޖިލީހުގެ ތަޅުމުން ނަން އިއްވީމަ އެކަން ކުރާނީ ސެކިއުރިޓީން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ.
މޫސަ ވިދާޅުވީ ނަންއިއްވި މެމްބަރުން ތަޅުމުން ނެރޭއިރު ވެރިކަންކުރާ ޕާޓީގެ މެމްބަރުން އެމީހުންގެ ސަރުކާރުގެ ބޮޑުންނަށް ފޮނިދައްކަން ވެގެން އެބޭފުޅުން "ދަމާކޫއްތާފަ އިރާލައިގެން މަރާލައިގެން" ނެރުމަށް ގޮވާފައިވާ ކަމަށެވެ. އަދި މިއީ އަނިޔާވެރިކަމަށް ހިތްވަރު ދިނުން ކަމަށް މޫސަ ވަނީ ފާހަގަކުރައްވާފައެވެ.
މީގެ ކުރިންވެސް މަޖިލިސްތަކުގެ ތަޅުމުގާ ދެބަސްވާކަމަށާއި، މިފަދަ މަންޒަރެއް ފެނިފައި ނުވާ ކަމަށް މޫސަ ފާހަގަ ކުރެއްވިއެވެ.
"މީގެ ކުރީ މަޖިލިސްތަކުގެ ތަޅުމުގަ ދެބަސްވިޔަސް ސައިކޮޓަރީގަ އެއްބައިވެތިބޭ. މިހާރުގެ މަޖިލިސްތަޅުމުން މި ފެންނަނީ އިދިކޮޅުގެ ބައެއް މެމްބަރުން ގޮތްހުސްވެ އަނިޔާއަށް ހިތްވަރު ދޭ މަންޒަރު." މޫސަ ވިދާޅުވިއެވެ.
މޫސަ އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ އިދިކޮޅުގެވެސް ސިޔާސީ އުކުޅަަށް ވަރުގަދަ ޕީޖީއެއް އޮންނަ ޕާޓީއެއް ކަމަށާއި، ބޭނުމީ އަދަދެއް ނޫން ކަމަށެވެ. އަދި ބޭނުމީ ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވާލުން ކަމަށްވެސް މޫސަ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމަށް މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އިހުތިޖާޖާއި ގުޅިގެން ޖަލްސާ މެދުކަނޑާލިއިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ޖަލްސާ މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވަނީ އިހުތިޖާޖްކުރި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވާފައެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ނިކުމެވަޑައިގަތުމަށް އަބުދުއްރަޙީމް އެންގެވިއެވެ.
ޖަލްސާ އަލުން ފެއްޓެވީ ނަން އިއްވި މެމްބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމުންނެވެ.

މަޖްލިސް ތަޅުމުންނެރެން ނަންއިއްވީމަ އެކަންކުރާނީ ސެކިއުރިޓީން ނިންމާގޮތެއްގެ މަތިން،
— Moosa Maniku (Reeko) (@ReekoMoosa) February 6, 2025
ނަންއިއްވި މެމްބަރު ތަޅުމުންނެރޭއިރު ވެރިކަންކުރާޕާޓީގެ މެމްބަރުން އެމީހުނގެސަރުކާރުގެ ބޮޑުން މަޖްލީހުގަތިބީމަ ފޮނިދައްކަންވެގެން
ދަމާކޫއްތާފަ އިރާލައގެން މަރާލައިގެން…
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމަށް މިއަދު ކުރިއަށްގެންދިޔަ ޖަލްސާގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަން ފެއްޓެވުމާއެކު އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ.
އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އިހުތިޖާޖާއި ގުޅިގެން ޖަލްސާ މެދުކަނޑާލިއިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދެވީ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ޖަލްސާ މެދުކަނޑާލުމުގެ ކުރިން މަޖިލީހުގެ ރައީސް އަބުދުއްރަޙީމް ވަނީ އިހުތިޖާޖްކުރި އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ ނަން އިއްވާފައެވެ. އަދި އެ މެމްބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ނިކުމެވަޑައިގަތުމަށް އަބުދުއްރަޙީމް އެންގެވިއެވެ.
ޖަލްސާ އަލުން ފެއްޓެވީ ނަން އިއްވި މެމްބަރުން މަޖިލީހުގެ ތަޅުން ދޫކޮށް ދިއުމުންނެވެ.
ކިޔުންތެރިންގެ ހިޔާލު