ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރ ކަމުން ވަކިކުރި ނަމަވެސް، އެ މަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދު އޮތް ގުޅުން ރަނގަޅު ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު މަޖިލީސް އިދާރާގައި ބޭއްވި ޖަލްސާއަށްފަހު މީޑިއާއަކާ ވާހަކަދައްކަވަމުންނެވެ. އެގޮތުން ފަލާހު ވިދާޅުވީ ރައީސް އަޅުއްވާ ކޮންމެ ފިޔަވަޅެއް އަޅުއްވަނީ ވަރަށް ބޮޑަށް ވިސްނަވާފައި ކަމަށެވެ. އަދި އެއިން ކޮންމެ ފިޔަވަޅަކީވެސް ގައުމަށް މަންފާވާނެހެން އަޅުއްވާ ފިޔަވަޅުތަކެއް ކަން މިހާރު ރައްޔިތުންނަށް ޔަގީންވާނެ ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ ރައީސް ފިޔަވަޅު އަޅުއްވާއިރު ގާތްކަމަކަށް ނުބައްލަވާ ކަމަށާއި، އެމަނިކުފާނުގެ އަމިއްލަ ދަރިއަކު ގޯސް ކަމެއް ކުރިޔަސް އެކަމަށް ރައީސް ފިޔަވަޅު އަޅުއްވާނެކަން މިއަދު ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.
"ދަންނަވާލަން ބޭނުންވަނީ ހަގީގަތުގައި އެ ފިޔަވަޅުގެ ސަބަބުންނެއް އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސާ ދޭތެރެއަކު މާ ބޮޑު ނުތަނަވަސްކަމެއް އުފެދިފަކައެއް ނެތް." ފަލާހު ވިދާޅުވިއެވެ.
ފަލާހު މިހެން ވިދާޅުވިނަމަވެސް މީގެ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސްއާ ދެމެދު އޮތް ގުޅުން ރަނގަޅު ނަމަ، އެގޮތަށް ކަންތައް ނުކުރެއްވީސް ކަމަށެވެ. އޭރު މަޖީލީހުގެ ރައީސް މިހެން ވިދާޅުވީ ފައިސަލްއަކީ ދަރިކަލަކު ކަމަށް ވީމާ ޖަޒުބާތީވެ ހުންނަވާ ކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާހު މިހެން ވިދާޅުވި ނަމަވެސް އިއްޔެ މަޖިލީހުގެ އިދާރާގައި ބޭއްވި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލު ވުމުގައިވެސް އަބްދުއްރަހީމް ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ. މަޖިލިސް ރައީސް އަބްދުއްރަހީމް މާލޭގައި ހުންނަވަނިކޮށް، މަޖިލީހުގައި ކުރިއަށްދިޔަ މި ޕީޖީ ބައްދަލުވުމުގެ ތެރެއިން، އަބްދުއްރަހީމް ނުފެނުމުން ގިނަ ބަޔަކު ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ.

ކިޔުންތެރިންގެ ހިޔާލު