މަރްޔަމް ނަހްދާ ވަޙީދު   7 ފެބްރުއަރީ 2025 - 4:10
ބިސްގަނޑު ކަނީ- ގޫގުލް އިމޭޖެސް
ބިސްގަނޑު ކަނީ- ގޫގުލް އިމޭޖެސް
ސެރެޓޮނިން އަކީ މީހާގެ މޫޑު ރަނގަޅު ކުރުމުގައި އެހީވެދޭ ގުދުރަތީ ނިއުރޯޓްރާންސްމިޓާ އެކެވެ. ހަށިގަނޑުގައި ސެރެޓޮނިން މިންވަރު ދައްވާނަމަ އޭގެ ސަބަބުން ޑިޕްރެޝަން އާއި އެންޒައިޓީފަދަ ނަފްސާނީ މައްސަލަތައް ކުރިމަތިވެއެވެ. ބައެއް ކަހަލަ ކާނާ ކެއުމުން ހަށިގަނޑުގައި ހުންނަ ސެރެޓޮނިން ލެވެލްތައް އިތުރުވެއެވެ.

ތިރީގައި މި ހިމަނާލަނީ އެފަދަ ބައެއް ކާނާގެ ބާވަތްތަކެވެ.

ބިސް

ބިހަކީ އޭގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނޭ އެއްޗެއް ކަމުން މި ކެއުމުން ހަށިގަނޑުގެ ލޭގެ ތެރޭގައި ޓްރިފްޓޮފައިން އިތުރު ކޮށްދެއެވެ. އަދި އޭގެ ސަބަބުން ހަށިގަނޑުގައި ސެރެޓޮނިން ލެވެލްތައް މަތިވެއެވެ.

ޗީޒް

ޗީޒަކީވެސް ހަށިގަނޑުގައި ޓްރިފްޓޮފައިން އިތުރު ކުރުމުގައި އެހީވެދޭ އެއްޗެކެވެ. އެހެންކަމުން މި ކެއުމުންވެސް ސެރެޓޮނިން ލެވެލްތައް މަތިވެ، މީހާގެ މޫޑު ރަނގަޅޫވެއެވެ.

ބަދަން

ބަދަނަކީވެސް އޭގައި ގިނަ އަދަދަކަށް ޓްރިފްޓޮފާން ހިމެނޭ އެއްޗެކެވެ. އެހެންވެ، ތަފާތު އެކިކަހަލަ ނަޓްސް ކެއުމުންވެސް ސެރެޓޮނިން ލެވެލްތައް މަތިވެއެވެ.

ސެރެޓޮނިން އަކީ އަކީ ތިބާގެ މޫޑާއި ނިދުމަށް އަސަރުކުރާ މުހިންމު ކެމިކަލެކެވެ. މަތީގައިވާ ކާނާގެ ބާވަތްތައް ކެއުމުން ސެރޮޓޮނިންގެ މިންވަރު އިތުރުވާނެއެވެ. ސިއްހަތަށް ފައިދާހުރި ކާނާ ކެއުމުގެ އިތުރުން ގަވާއިދުން ކަސްރަތުކުރުމާއި، ރަނގަޅަށް ނިދުމަކީވެސް ސެރޮޓޮނިން އިތުރުކުރުމަށް އެހީވެދޭނެ ކަންތައްތަކެވެ.

މަސްދަރު: ހެލްތުލައިން



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން