އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުން ނިރުބަވެރި އިސްރާޢީލު ވަކިވެފައިވާ ކަމަށް ބުދަ ދުވަހު ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މި ނިންމުމަކީ އެމެރިކާއިން އެ ކައުންސިލުގައި ބައިވެރިނުވާން ނިންމުމާ ގުޅިގެން އިޒްރާއީލުން ނިންމި ނިންމުމެކެވެ.
އިންސާނީ ހައްގުތަކާ ހިލާފަށް ގައުމުތަކުގައި އެތައް ލޭއޮހޮރުވުމެއް ހިންގާފައިވާ އިސްރާޢީލުން ނިންމީ އެގައުމަށް އެންމެ ވާގިވެރިވާ އެމެރިކާގެ ފަހަތުން ދިއުމަށެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ނިރުބަވެރި އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސަޢާރު ބުނީ، އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގައި ބައިވެރިނުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަށް އިޒްރާއީލުން މަރުޙަބާ ކިޔާ ކަމަށެވެ. އަދި އިސްރާޢީލުން އެމެރިކާއާ އެއްގޮތަށް ހިއުމަން ރައިޓްސް ކައުންސިލުގައި ބައިވެރިނުވާން ނިންމައިފި ކަމަށްވެސް އޭނާ ހާމަކުރިއެވެ.
އަންގާރަ ދުވަހު ޓްރަމްޕް ވަނީ ރިޔާސީ ގަރާރެއްގައި ސޮއިކުރައްވައި، އެމެރިކާ އދ. ކައުންސިލުން ވަކިވުމަށް ނިންމަވާފައެވެ. މީގެ އިތުރުން، ފަލަސްތީނު ދަރިކޮޅުގެ މީހުންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ (އަންރުވާ) އަށް އިތުރު ފަންޑު ދިނުން ވެސް ހުއްޓާލުމަށް މި އަމުރުގައި ޓްރަމްޕު ނިންމިއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންވެސް ވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އަންރުވާއަށް ފަންޑު ދިނުން ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު