ހަޖަމުގެ މައްސަލައެއް ކަމަށްވާ އިރިޓެބަލް ބައުލް ސިންޑްރޯމް (އައިބީއެސް) އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. މި ބައްޔަށް ފަރުވާއެއް އަދި ހޯދިފައި ނުވީނަމަވެސް ކެއުމުގެ އާދަތަކަށް ބަދަލު ގެނައުމުން މި ބަލީގެ އަލާމާތްތައް ކުޑަ ކުރެވޭނެއެވެ.
މިފަހަރު މި ހިމަނާލަނީ އައިބީއެެސް ހުންނަ ނަމަ ދުރުހެލިވާންވީ ކާނާގެ ބާވަތްތަކެވެ.
ލެކްޓޯސް އެކުލެވޭ ކާނާ
ލެކްޓޯސް އަކީ ބައެއް ކަހަލަ ކިރުގެ ބާވަތްތަކުގައި ހިމެނޭ މާއްދާއަކަށް ވީއިރު، ބައެއް މީހުންނަށް މި މާއްދާ ހިމެނޭ ބާވަތްތައް ކެއުމުގައި ބޭނުން ކުރުމުން ހަޖަމު ކުރަން އުނދަގޫ ވެއެވެ. މީގެ ސަބަބުން ބަނޑުގައި ވައިއުފެދި، ބަނޑުގައި ރިއްސުން ފަދަ ކަންތައް ދިމާވެއެވެ. އައިބީއެސް ހުންނަ ނަމަ މިއާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ގިނައިން ފްރުކްޓޯސް ހިމެނޭ ކާނާ
ފްރުކްޓޯސް އަކީ ތަފާތު އެކިކަހަލަ މޭވާތަކުގައި ހިމެނޭ ހަކުރަކަށް ވީއިރު، ގިނަ މީހުންނަށް މި ހަކުރު ހަޖަމު ކުރަން އުނދަގޫ ވެއެވެ. އޭގެ ސަބަބުން ފާހާނާއަށް ނުދެވި، ބަނޑުގައި ވައި ހެދުން ފަދަ މައްސަލަތައް ދިމާވެއެވެ. ވީމާ އައިބީއެސް ހުންނަ ނަމަ މި މާއްދާއާ ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ.
ލޮނުގަދަ ކާނާ
ލޮނު ގަދަ ކާނާ ކާނަމަ އޭގެ ސަބަބުން ހަށިގަނޑުގައި ފެން ހިފެހެއްޓުމަށް މަގުފަހިވެއެވެ. އޭގެ ސަބަބުން ބަނޑުގައި ރިއްސާ، މާ ގިނައިން ބޭރަށް ދެވި ހަމަޖުގެ ނިޒާމުގެ އެހެނިހެން މައްސަލަތައްވެސް ދިމާވެއެވެ. ވީމާ އައިބީއެސް ހުންނަ ނަމަ އެފަދަ ކާނާތައް ކެއުމުން ދުރިހެލި ވުމަކީ މުހިންމު ކަމެކެވެ.
މަސްދަރު: އީޓައިމްސް

ކިޔުންތެރިންގެ ހިޔާލު