އިސްރާއީލް-ފަލަސްތީން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ތެރެއިން އެންމެ ފަހުން ބަދަލުކުރި ފަލަސްތީނުގެ 183 ގައިދީންގެ ބަދަލުގައި ހަމާސްގެ ހައްޔަރުން ދޫކޮށްލަން ނިންމާފައިވާ އިސްރާއީލުގެ ތިން އަސީރުންގެ ނަން ހާމަކޮށްފައެވެ.
މި ތިން އަސީރުން މިނިވަންކުރުން ހަމާސްއިން ލަސްކުރިކަންވެސް ފާހަގަ ކުރެވެއެވެ. އެގޮތުން އެ ޖަމާއަތުން ބުނީ އަސީރުން ބަދަލުކުރުން ލަސްކުރީ އިންސާނީ އެހީތަކާއި އެހެނިހެން މުހިއްމު ތަކެތި ޣައްޒާއަށް ވަނުން ހުއްޓުވައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން ހިލާފުވެފައިވާތީ ކަމަށެވެ.
ހަނގުރާ ހުއްޓާލުމަށް އެއްބަސްވެފައި ވަނިކޮށްވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިސްރާއީލަށް 6.75 ބިލިއަން ޑޮލަރުގެ ބޮމާއި ގައިޑެންސް ކިޓް އަދި ފިއުޒް ވިއްކާފައެވެ. އަދި މިތަކެތީގެ އިތުރުން 660 މިލިއަން ޑޮލަރުގެ ހެލްފައިއާ މިސައިލް ވިއްކުމަށްވެސް ދެގައުމުން ވަނީ ސޮއިކޮށްފި އެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 47،583 މީހުން މަރުވެ 111،633 މީހުން ޒަޚަމްވެފައިވާ ކަމަށް އެ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެ އެވެ.
ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާގޮތުގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ތެރެއިން އަދި ހޯދިފައި ނުވާ މީހުންނާއި އިސްރާއީލުން މަރާލާފައި ބޮޑެތި އާއިލާތަކުގެ އެންމެން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ހިމެނޭ ގޮތަށް މަރުވެފައިވާ ކަމަށް ބެލެވޭ މީހުންގެ އަދަދު މަދުވެގެން 61،709 އަށް އިތުރުވާނެ ކަމަށެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ދިން ހަމަލާތަކުގައި އިސްރާއީލުގައި 1،139 މީހުން މަރުވެ، 200 އަށް ވުރެ ގިނަ މީހުން އަޅުވެތިކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު