މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ލިބުނު ކާމިޔާބީތަކާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކަމުގައި މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވައިފިއެވެ.
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ މިހާރު އާންމުކޮށްފައިވާއިރު، ރައީސް ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސްކަމުގެ 1 ގޮނޑި، ރަށު ކައުންސިލްގެ ރައީސްކަމުގެ 1 ގޮނޑި އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ 29 ގޮނޑި މިއަދު ޕީއެންސީއަށް ކާމިޔާބު ކުރެވިފައިވާކަމަށެވެ.
އަދި މިއަދު ބާއްވަން ކަނޑައެޅި ކައުންސިލްތަކުގެ ބައި-އިލެކްޝަންތަކުގެ 37 ގޮނޑީގެ ތެރެއިން އިންތިހާބަކާ ނުލައި 24 ގޮނޑި އަދި އިންތިހާބުގައި ވާދަކޮށްގެން 9 ގޮނޑިއާ އެކު ޖުމުލަ 33 ގޮނޑި ޕީއެންސީއަށް ލިބުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މި ކާމިޔާބީ ލިބުމުގެ އުފަލުގައި ﷲ ގެ ޙަޟްރަތަށް ހަމްދުކުރައްވާ ކަމަށެވެ.
އަދި އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވާ ކަމަށާއި އިންތިހާބު ކާމިޔާބު ކުރުމަށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށާއި އިންތިހާބުގައި ވޯޓު ދެއްވި ހުރިހާ ރައްޔިތުންނަށް ވެސް ޝުކުރު އަދާކުރައްވާކަމަށް ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ބޭއްވި ގިނަ އިންތިހާބުތައް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ބައި-އިލެކްޝަންސްތަކުގައި މާބޮޑު ކާމިޔާބީއެއް ލިބެމުން ނުދާއިރު އެ ޕާޓީން ބައި-އިލެކްޝަންސްތަކަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ވެސް ފެނިފައެއް ނުވެއެވެ.

— Dr Mohamed Muizzu (@MMuizzu) February 8, 2025
ފާހަގަކޮށްލެވޭ ގޮތުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ބޭއްވި ގިނަ އިންތިހާބުތައް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ. އަދި އިދިކޮޅު އެމްޑީޕީއަށް ބައި-އިލެކްޝަންސްތަކުގައި މާބޮޑު ކާމިޔާބީއެއް ލިބެމުން ނުދާއިރު އެ ޕާޓީން ބައި-އިލެކްޝަންސްތަކަށް މާބޮޑު ސަމާލުކަމެއް ދޭތަނެއް ވެސް ފެނިފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު