އެލޮވޭރާ ޖޫހަކީ ވަރަށް ގިނަ މީހުންނަށް ކަމުދާ ބުއިމެކެވެ. އެލޮވޭރާގައި އެކުލެވޭ ގިނަ ތަފާތު އެކި މާއްދާތަކާއި، މެޓަބޮލިކް ބޫސްޓަރުތަކުގެ ސަބަބުން މިއީ ޞިއްޙަތަށް ވަރަށް ފައިދާހުރި އެއްޗެކެވެ.
މިފަހަރު މި ހިމަނާލަނީ ހެނދުނު އެލޮވީރާ ޖޫސް ބޯނަމަ ސިއްހަތަށް ލިބޭ ފައިދާތަކެވެ.
ހަޖަމުގެ މައްސަލަތައް ހައްލުވޭ
އެލޮވޭރާ ޖޫހުގައި އެކުލެވޭ އެންޒައިމްތަކާއި ޕްރޮބައޮޓިކްސްގެ ސަބަބުން ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. މީގެ ސަބަބުން ކެއުމަށްފަހު ދިމާވާ އުނދަގޫތައް ކުޑަކޮށްދީ، ހަޖަމުގެ ނިޒާމުގެ މަސައްކަތް ރަނގަޅުކޮށްދެއެވެ.
ދިފާއީ ނިޒާމު ވަރުގަދަވޭ
އެލޮވޭރާ ޖޫގުގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކާއި ވިޓަމިންތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދެއެވެ. މީގެ ސަބަބުން ބަލިތަކާ ދެކޮޅަށް ހަށިގަނޑު ދިފާޢުކުރުމަށް އެހީތެރިވެދެއެވެ.
ހަންގަނޑު ދުޅަހެޔޮކޮށްދޭ
އެލޮވޭރާ ޖޫހުގައި އެކުލެވޭ ވިޓަމިން ސީ އާއި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. މީގެ ސަބަބުން ހަންގަނޑު އަލިވެ، ތާޒާވެ، ހަމުގެ ޒުވާންކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ.
ބަރުދަން ލުއިވޭ
އެލޮވޭރާ ޖޫހަކީ އޭގައި ކެލޮރީތައް ވަރަށް މަދު ޖޫހެކެވެ. އެހެންވެ މި ބުއިމުން މީހާގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދެއެވެ. އަދި އޭގެ ސަބަބުން ބަރުދަން ލުއިވުމަށް އެހީތެރިވެދެއެވެ.

ކިޔުންތެރިންގެ ހިޔާލު