ކާރުގެ ވިޔަފާރިއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާނެ، އަދި މަގުމަތީގައި ވެސް ދުއްވޭ، އުދުހޭ ކާރު ބާޒާރަށް ނެރެން ޗައިނާއިން ތައްޔާރު ވާން ފަށައިފިއެވެ.

ޗައިނާގެ ތަޖުރިބާކާރުންނާ ހަވާލަދީ ބޭރުގެ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ވަރަށް ޚާއްސަ ފީޗާތަކެއް އިތުރުކޮށް ފަރުމާކޮށްފައިވާ، މި ކާރުތައް 2026 ވަނަ އަހަރުން ފެށިގެން ބާޒާރުން ލިބެން ހުންނާނެއެވެ.

މި އަހަރުގެ ކޮންސިއުމަރ އިލެކްޓްރޯނިކްސް ޝޯގައި އެކްސްޕެންގުން ދައްކާލި "ލޭންޑް އެއަރކްރާފްޓް ކެރިއަރ" އަކީ ބިމާއި ވައިގެ ތެރޭގައިވެސް ދުއްވޭ ގޮތަށް ފަރުމާކޮށްފައިވާ ކާރެކެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ކާރުތައް އާންމުވުމުން މިހާރު 1-2 ގަޑިއިރު ހޭދަވާ ދަތުރުތައް 10-20 މިނެޓަށް ކުރުވެގެންދާނެއެވެ.

ޗައިނާ ސޮސައިޓީ އޮފް އޮޓޮމޯޓިވް އިންޖިނިއަރުން މިފަދަ ކާރުތައް މާނަކުރަނީ ދެ ގޮތަކަށެވެ. އެއީ މަގުމަތީގައި ވެސް ދުއްވޭ އަދި އުދުހޭ ކާރާއި، އާންމު ދަތުރުފަތުރަށް ބޭނުންކުރާ އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ (އީވީޓީއޯއެލް) އުޅަނދުފަހަރުގެ ގޮތުގައެވެ.

ގިނަ ބަޔަކު އުންމީދުކުރަމުން އައި ހުވަފެން ހަގީގަތަކަށް ވަމުންދާއިރު އުދުހޭ ކާރުތަކުގެ ތަރައްގީ އަންނާނީ ތިން މަރުހަލާއަކަށް ކަމަށް ޗައިނާގެ ތަޖުރިބާކާރުން ބުނެއެވެ.

2025 އިން ފެށިގެން ކާގޯ އީވީޓީއޯއެލް އުޅަނދުތައް އާންމުކޮށް ބޭނުންކުރަން ފަށާނެ އެވެ. އަދި 2035 ވަނަ އަހަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބޭނުންކުރާ އީވީޓީއޯއެލް އުޅަނދުތައް އިތުރަށް ތަރައްގީވެގެން، ފުޅާ ދާއިރާއެއްގައި އުފެއްދުމަށް މަގުފަހިވެގެންދާނެ އެވެ. އަދި 2050 އާ ހަމައަށް އަންނައިރު އެއްގަމާއި ވައިގެ ދަތުރުފަތުރު އިންޓެގްރޭޓްވެގެންދާނެ ކަމަށް އެ ދިރާސާގައި ބުނެފައި ވެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން