ޝަކީލު--
ޝަކީލު--
މެރިން ރިސާޗް އިންސްޓްޓްއިޓްގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި މުހައްމަދު ޝަކީލު އަވަހާރަވުމަކީ އެ ދާއިރާއިން ގައުަމަށް ލިބުނު ފޫނުބެއްދޭނެ ވަރުގެ އުނިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މެރިން ރިސާޗް އިންސްޓްޓިއުޓްގައި 40 އަަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި ޝަކީލު (64އ.) ނިޔާވީ މިއަދު އެވެ. އަަދި އޭނާގެ ޖަނާޒާގެ ކަންކަން އާ ސަހަރާގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޝަކީލު ނިޔާވުމާ ގުޅިގެން ރައީސް މުއިިއްޒު އެކްސްގައި ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ސުވަރުގޭގެ ދާއިމީ ނިއުމަތް އޭނާއަށް ލެއްވުމަށް އެދި ދުއާ ދަންނަވައިފަ އެވެ.

ރައީސް ވިދާޅުވީ ޝަކީލަކީ މަސައްކަތް ކުރެއްވުމުގައި ހީވާގި، ހިތްވަރުފުޅު ގަދަ ބޭފުޅެއް ކަމަށެވެ. އަދި އޭނާ ނިޔާވިއިރު ހުންނެވީ މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ގައުމީ ހިދުމަތުގައިކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން