ސައުދީ އިން ހަދިޔާ ކުރި ކަދުރު- ގޫގުލް އިމޭޖެސް
ސައުދީ އިން ހަދިޔާ ކުރި ކަދުރު- ގޫގުލް އިމޭޖެސް
ހއ. އުލިގަމުގައި ބަހަން ސަރުކާރުން ފޮނުވި ސައުދީ ކަދުރު ގެންދާނެ ބަޔަކު ނުވެގެން އަނެއްކާވެސް ދެވަނަފަހަރަށް، ކަދުރު ބޭނުންވާ މީހުން ބަލައި އައުމަށް އެދި އެރަށު ކައުންދިސިލުން މިއަދު އިއުލާން ކޮށްފިއެވެ.

ސައުދީ އިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރުގެ ތެރެއިން އުލިމަގަށް ސަރުކާރުން ފޮނުވާފައި ވަނީ 18 ޕެކެޓު ކަދުރެވެ.

އެރަށު ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ކަދުރު ބެހުމަށް ކުރިން ކުރި އިއުލާނާ ގުޅިގެން ގިނަ ގެތަކުން ކަދުރު ގެންގޮސްފައި ނުވާތީ، ބާކީ ހުރި 13 ޕެކެޓް ކަދުރު ގެންދިއުމަށް އެދޭ ކަމަށެވެ.

އެގޮތުން މި ކަދުރު ޕެކެޓުތައް ބޭނުންވާ ކޮންމެ ގެއަކުން އެކަކު، މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، އައިޑީކާޑާއި ކަރަންޓު މީޓަރުގެ ނަންބަރު ކަށަވަރުކުރެވޭނެ ލިޔުމެއް ހިފައިގެން ކައުންސިލް އިދާރާއަށް ދިއުމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ. އެގޮތުން ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އާ ދެމެދުއެވެ.

އުލިމަގު ކައުންސިލުން ބުނެފައިވަނީ ކަދުރު ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ގޭގޭގެ ތެރެއިން ކަދުރު ބަލާ ދާ ތަރުތީބުން ކޮންމެ ގެއަކަށް ކަދުރު ޕެކެޓެއްގެ މަގުން، 13 ޕެކެޓް ކަދުރު ހުސްވަންދެން ބަހާނެ ކަމަށް އެރަށު ކައުންސިލުން ބުނެފައި ވެއެވެ.

ސައުދީން ކޮންމެ އަހަރަކުވެސް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން މިއަހަރު ސައުދީއިން ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން