ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގުތިސާދު ކޮޅަށް ޖެހުމަށް މަގުފަހި ކުރުމަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޅުއްވަން ނިންމެވި ފިޔަވަޅުތަކަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާކޮށްފި އެވެ.
މި އަހަރާއި އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމަވާ، އެކަން ހާސިލްކުރުމަށް ސިޔާސަތުތަކެއް ރައީސް މުއިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު 23، 2024 ގައެވެ.
އެ ކަންކަން ހިމަނައި އެކުލަވާލާފައިވާ އިސްލާހީ އެޖެންޑާއަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސް އޮފީހުން ފޮނުވާފައިވާ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިހާރުވަނީ އެޖެންޑާ ކޮށްފައެވެ. ޖަލްސާގައި އެ މައްސަލައާމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވަން ވެސް އެޖެންޑާގައި ވަނީ ހިމަނާފައެވެ.
ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރުމަށް ރައީސް އިއުލާނު ކުރައްވާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބެވި މުވައްޒަފުންގެ މުސާރައިން 2 އަހަރުވަންދެން 10 އިންސައްތަ އުނިކުރުމާއި، ރައީސްގެ މުސާރައިން ވެސް 50 އިންސައްތަ ނުނަންގަވާގޮތަށް ނިންމެވުން އަދި ބައެއް ކުންފުނިތަކުގެ ވެރިންނަށް 100،000 ރުފިޔާއަށްވުރެ މަތިން ކުރިން ލިބެމުންއައި މުސާރަ 90،000 އަށްވުރެ ބޮޑު ނުކުރެވޭގޮތަށް ހެއްދެވުން ހިމެނެއެވެ.
އޭގެ އިތުރުންވެސް ޖުޑީޝަރީ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައިން ވެސް ބައެއް އުނިކުރުމަށް ރައީސް އޭރުވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު