ނިރުބަވެރި އިސްރާއީލުން ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި ހުންނަ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕުގައި ދިން ހަމަލާއެއްގައި މާބަނޑު އަންހެނެއް ހިމެނޭ ގޮތަށް ތިން މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.
ޣައްޒާ ސިޓީގެ ޒައިތޫން ސަރަހައްދުގައި އިސްރާއީލު ސިފައިން ހަމަނުޖެހުން ހިންގާފައި މިވަނީ އިސްރާއީލުގެ އަސްކަރިއްޔާ ނެޓްޒާރިމް ސަރަހައްދު ދޫކޮށް ފަލަސްތީނުގެ އުތުރަށް ބަދަލުވަމުން ދިޔަ ދަނޑިވަޅެއްގައެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެ އެކަމުގެ ބައެއް މަރުހަލާތައް މިހާރުވެސް ތަންފީޒުކުރަމުންދާއިރު މިހާރު ފަލަސްތީނު ރައްޔިތުންގެ އެންމެ ބޮޑު އުންމީދަކީ އަވަސް މުސްތަގުބަލެއްގައި އިސްރާއީލުގެ ލާއިންސާނީ ސިފައިން އެގައުމު ދޫކޮށް ދިއުމެވެ.
އިސްރާއީލަށް އަބަދުވެސް ވާގިވެރިވާ އެމެރިކާއިން މިހާރުވެސް ދަނީ އެގައުމަށް ހިތްވަރުދީ ހަނގުރާމައަށް އެހީވަމުންނެވެ. އަދި އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޣައްޒާގެ ރައްޔިތުން ކައިރި ގައުމުތަކަށް ހިޖުރަކުރުމަށް ގޮވާލައްވައިފައެވެ. އެއާފޯސް ވަންގައި ނޫސްވެރިންނަށް ބައްދަލުކުރައްވައި ޓްރަމްޕު ވިދާޅުވީ، "އަޅުގަނޑުމެން ޣައްޒާއަކީ ކުރިއަށް އޮތްތަނުގައި ތަރައްގީއަށް ރަނގަޅު ސައިޓަކަށް ހަދާނަން" ކަމަށެވެ.
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައިގައި 48،189 މީހުން މަރުވެ 111،640 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ފަލަސްތީނުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނާގޮތުގައި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ތެރެއިން އަދި ހޯދިފައި ނުވާ މީހުންނާއި އިސްރާއީލުން މަރާލާފައި ބޮޑެތި އާއިލާތަކުގެ އެންމެން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ހިމެނޭ ގޮތަށް މަރުވެފައިވާ ކަމަށް ބެލެވޭ މީހުންގެ އަދަދު މަދުވެގެން 61،709 އަށް އިތުރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު