ކޯރާޑިއަކުން މީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެ މީހުންނަށް ކޯޓުން ބަންދު ޖަހައިފިއެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހުޅުމާލެ ބޯގަންވިލާމަގު، ރެހެންދި ޓާފު ދަނޑު ހުޅަނގުފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި ދިޔަ ދެ މީހަކު ހަމަލާދީފައިވާ މައްސަލަ އިއްޔެ ރޭ 23:35 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ފިޔޯރީ/ ހީނާމާގެ، ރުސްތަމް އިބްރާހިމް 25އ. އަދި ބ. ގޮއިދޫ/ ސްޓާ، ސައިފުﷲ ފައިސަލް، 19 އ. ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހުން ހައްޔަރުކުރީ ސިނަމާލެ ބުރިޖާ ގުޅިފައިވާ ހައިވޭ މަތިންނެވެ.
މިއަދު ފުލުހުން ބުނީ އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ރުސްތަމްގެ ބަންދަށް ތިން ދުވަސް އަދި ސައިފު، ތަހުގީގު ނިމެންދެން ބަންދުކޮށްފައިވާ ކަަމަށެވެ.
މި ހަމަލާގައި އަނިޔާވި މީހާއަށް، ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށާއި އެ މާރާމާރީގައި ހަމަލާދިނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު